Saturday, 15 June 2024
ހޯނޑެއްދޫ އޮޅަމައްތާ އިކޯ ޕާކު

ހޯނޑެއްދޫ އޮޅަމައްތާ އިކޯ ޕާކު ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ތަރައްގީކޮށްފި

ގދ. ހޯޑެއްދޫއަށް ނިސްބަތްވާ ޖަމްޢިއްޔާއެއް ކަމަށްވާ ހޯޑެއްދޫ ސްޕޯޓްސް އިން ތަރައްޤީ ކުރި އޮޅަމައްތާ އިކޯ ޕާކު އާންމުންނަށް ހުޅުވާލާއިފިއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީއާއެކު ފުރިހަމަކޮށް ނިންމާފައިވާ މި ޕްރޮޖެކްޓަކީ ކޮންމެ އަހަރަކު އެ ސަރަހައްދަށް އުދަ އެރުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި، މި ޕްރޮޖެކްޓްގެ އަޕްގްރޭޑް އަދި އެކްސްޓެންޝަން މަސައްކަތްތަކުގެ ދަށުން ހިންގުނު ޕްރޮޖެކްޓެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި، މި ޕްރޮޖެކްޓްގެ ދަށުން ވަނީ އަތިރިމަތީގައި ގަސް އިންދާ، މި ޕާކުގެ ވޯކްވޭ ސާފުކޮށް، 5 ބެންޗު އަދި ސޯލާ ލައިޓް ހަރުކޮށް، ހަޓެއް ބަހައްޓައި، ކުޅީގައި ހެދޭ ގަސްގަހާގެއްސަށް ނާސަރީ އެއް ގާއިމްކޮށްފައެވެ.

މި ޕްރޮޖެކްޓް ގެ ސަބަބުން އާއިލީ ގުޅުން ބަދަހި ކުރުމަށް ހާއްސަ ސަރަހައްދެއް ގާއިމްވެ، އިކޯ ޓުއަރިޒަމް ގެ ފުރުސަތުތައް ފުޅާވެ، އާންމުންގެ މެދުގައި ޖަންގަލި އަދި ތިމާވެއްޓާ ގުޅުންހުރި ކަންކަމުގައި ހޭލުންތެރިކަން އިރުތުވެގެންދާނެކަމަށް ހޯޑެއްދޫ ސްޕޯޓްސް އިން ހާމަކުރައްވައެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 90 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ފަންޑަށް ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާ ކަމަށް މީގެ ކުރިން ބީއެމްއެލް އިން ވިދާޅުވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު