7 ފެބުރުވަރީ 2025

މުޢިއްޒުއާ ދެކޮޅަށް އަޑުއުފުލަމުން ދިޔަ ހިތާދޫ އެމްޑީޕީ މީހުންގެ ޝަކުވާތައް އަޑުއައްސަވައިފި

ސެޕްޓެންބަރު 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ޑރ.މުއިއްޒު މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ބ.ހިތާދޫއަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ވަނީ ދަންނަވާފައެވެ.

މިއާއިއެކު ހިތާދޫގެ އެމްޑީޕީގެ ޖަގަހައިން ދިޔައީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު  އާއި ދެކޮޅަށް އަޑުއުފުލަމުންނެވެ.

އަޑުގަދަކުރާ ބޭނުންކޮށްގެން ޑރ. މުޢިއްޒުއަށް ނިސްބަތްކޮށް އެމްޑީޕީ ޖަގަހައިން ވަނީ އަޑުއުފުލާފައެވެ. އެފަރާތްތަކުން އަޑުއުފުލަމުން ދަނިކޮށް މުޢިއްޒު ވަނީ އެ ޖަގަހައަށް ވަދެވަޑައިގެންފައެވެ.

ޖަގަހައަށް ވަޑައިގެން އެވަގުތު އެ ޖަގަހައިގައި ތިބި ފަރާތްތަކާއި ޑރ. މުޢިއްޒު ވަނީ ވާހަކަދައްކަވާފައެވެ. އަދި އެ ފަރާތްތަކުގެ ޝަކުވާތަކާއި ވާހަކަތައް އަޑުއެއްސެވިއެވެ.

އަޑު އުފުލަމުން ދިޔަ ފަރާތްތަކުން ޑރ. މުޢިއްޒު އަރިހުގައި ދެންނެވީ އެ މީހުން ކުރަމުން ދިޔައީ ސިޔާސީ މަސައްކަތެއް ކަމަށާއި އެކަން ކުރަނީ އެކަމަށް ފައިސާ ލިބޭތީ ކަމަށެވެ.

"މިވަގުތު އެމްޑީޕީ ޖަގަހައިގައި އަޅުގަނޑު ހުއްޓަސް. އަޑު އުފުލަމުން ދިޔަސް. އަޅުގަނޑު މި ކުރަނީ ސިޔާސީ މަސައްކަތެއް. އަޅުގަނޑަށް ފައިސާ ލިބޭ މި ކުރާ މަސައްްކަތައް." އެމްޑީޕީ ޖަގަހައިގައި އަޑު އުފުލަން ހުރި މީހާ ބުންޏެވެ.

ހިތާދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ޑރ.މުޢިއްޒު ވަނީ އެ ރަށުގައި ހިންގާނެ މަޝްރޫޢުތައް އިއުލާން ކުރައްވާފައެވެ. އެގޮތުން އެ ރަށުގެ ސިއްހީ މަރުކަޒު ފެންވަރު ރަނގަޅު ތަނަކަށް ހެދުމަށާއި ބަލިމީހުންނަށް ފަރުވާދޭނެ ގޮތް ހަމަޖައްސަވާ ދެއްވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކެމްޕޭން ދަތުރުތަކުގައި ރަށްރަށަށް އަރާ ވަމުންދާ ވަޢުދުތަކަކީ އެއްވެސް ޙާލަތެއްގައި ނުފުއްދާދެވޭނެ ވަޢުދުތަކެއް ނޫން ކަމަށް ވެސް ޑރ.މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު