7 ޑިސެންބަރު 2024

ހދ. އަތޮޅުގެ ކައުންސިލް ރައީސް، އެމްޑީޕީ ދޫކޮށް ޕީޕީއެމަށް

ހދ. އަތޮޅުގެ ކައުންސިލްގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު ސިރާޖް އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްއަށް ސޮއި ކުރައްވައިފިއެވެ.
އޭނާ ޕީޕީއެމްއަށް ސޮއިކުރެއްވީ ރޭ ކުޅުދުއްފުށީގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވެވި ކެމްޕެއިން ޖަލްސާގެ ތެރެއިންނެވެ.

 

ސިރާޖް ކައުންސިލްގެ ރައީސް ކަމަށް ހޮވި ވަޑައިގެންނެވީ އެމްޑީޕީ މެންބަރެއްގެ ގޮތެއްގައެވެ. 


ޕީޕީއެމްއަށް ސޮއި ކުރެއްވި ފޯމް ހަވާލުކުރެއްވީ ޑރ. މުއިއްޒަށާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަތްޕުޅަށެވެ.

ސިރާޖްގެ އިތުރުން ކުޅުދުއްފުށިން 25 އަށްވުރެ ގިނަ ޒުވާނުން ޕީޕީއެމްއާ ވަނީ ރޭގެ ޖަލްސާގައި ގުޅިފައެވެ.

މުއިއްޒުގެ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ރަށްރަށާއި އަތޮޅުތަކުގެ ގިނަ ކައުންސިލަރުން ޕީޕީއެމްއާ ގުޅެމުންދާ ކަން ފާހަގަކުރެވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު