30 އެޕްރީލް 2025

އަމީން އިބްރާހިމް ހިމެނޭހެން ޖޭޕީގެ އިސް މެމްބަރުންތަކެއް ރައީސް ޞާލިހަށް ތާއީދު ކުރައްވައިފި

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހިމް އާ އެކު، އެ ޕާޓީގެ ކައުންސިލް މެމްބަރުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ކުރައްވައިފިއެވެ.

މީގެ ދެދުވަސްކުރިން ގާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދާއި ސްޕެޝަލް އެޑްވައިޒަރު ރިޔާޒް ރަޝީދު ވެސް ވަނީ ރައީސް ޞާލިހަށް އެންޑޯޒް ކުރައްވައިފައެވެ. އިލްހާމް ވަނީ ޖޭޕީން ވަކިވެވަޑައިގެން ވެރިކަން ކުރާ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

ސޯސަން ޖަގަހައިގައި ބޭއްވި ބައްދަލުވުމުގައި ރައީސް ޞާލިހަށް ތާއީދު ކުރަން ނިންމަވާފައިވާ ޖޭޕީގެ އިސް ބޭފުޅުންގެ ތެރޭގައި އަމީންގެ އިތުރުން ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދު އާއި ކުރީގެ ހެލްތު މިނިސްޓަރު އަމީން އާއި ކައުންސިލް ބައެއް ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ ހަނިމާދޫ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ޝަހުދީ އާއި ކައުންސިލް މެމްބަރު މުހައްމަދު ސައީދާއި މުހައްމަދު އަދުހަމާއި ޖޭޕީގެ ޔޫތު ލީގުގެ ނައިބު ރައީސް ޝުއައިބު ޝިފާޒް ޝަރީފާއި ޖޭޕީގެ އެހެން ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

މި ބޭފުޅުން ރައީސް ޞާލިޙަށް ތާއީދުކުރައްވާފައިވާއިރު، ކުރީގެ ނައިބް ރައީސް އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްޕެޝަލް އެޑްވައިޒަރު އަބްދުﷲ ޖިހާދާއެކު އެޕާޓީގެ ގިނަ ކައުންސިލް މެންބަރުންތަކެއް އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް ތާއީދުކުރައްވައި ޕީޕީޢެމްއަށް ގުޅިވަޑައިގެންފައިވެއެވެ.

މިރޭގެ ބައްދަލްވުމުގައި ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ މިނިސްޓަރު އިރުތިޝާމް އާދަމްއާއި، ޑރ. އައިޝަތު އަލީ ނާޒުގެ އިތުރުން ކުރީގެ މެންްބަރު ޔާމީން ރަޝީދުއާ ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވަނީ ޕީޕީއެމަށް ސޮއި ކުރައްވާފައެވެ.

ޖިހާދާއި އިރުތިޝާމް އަދި މުޣުނީއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނެވެ. ޔާމީން ރަޝީދަކީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ލީގުގެ ރައީސެވެ. މީގެ އިތުރުން ޖޭޕީގެ ކައުންސިލްގެ ބައެއް މެންބަރުން ވެސް މިރޭ ވަނީ ޕީޕީއެމާއި ގުޅިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު