Thursday, 18 April 2024

ސަރުކާރުން މީގެކުރިން ދޫކޮށްފައިވާ ފްލެޓް ދޫކޮށްލައިގެން ގޯއްޗަށް ކުރިމަތިލެވޭނެ: އަކްރަމް

ސަރުކާރުގެ ސޯޝަލް ހައުސިން މަޝްރޫއުގެ ދަށުން މީގެކުރިން ފްލެޓެއް ލިބިފައި އޮތް ކޮންމެ ފަރާތަކަށްވެސް އެތަން ދޫކޮށްލައިގެން އުތުރު ތިލަފަޅުން ދޫކުރާ ގޯއްޗަށް ކުރިމަތިލެވޭނެ ކަމަށް ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީ އިން މިއަދު ވިދާޅުވެއްޖެއެވެ.

މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ އެހެން ރަށްރަށުގެ މީހުންނާއި ދަފްތަރުގައި ވެސް ޖެހުނުތާ 20 އަހަރުވެފައިވާ މީހުންނަށް މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު "ބިންވެރިޔާ"ގެ ދެވަނަ ފިޔަވަހީގެ ދަށުން ގޯއްޗާއި ފްލެޓު ދޭން ނިންމާފައިވެއެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ފްލެޓާއި ގޯތި ކޮމިޓީގެ ޗެއާމަން، އަކްރަމް ކަމާލުއްދީން ވިދާޅުވެފައިވަނީ، ގޯއްޗަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މީގެ ކުރިން ސޯޝަލް ހައުސިން ފްލެޓެއް ލިބިފައި އޮތް ނަމަ އެތަން ދޫކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށާއި، ކުރީ ސަރުކާރުން ދޫކުރި ހިޔާ ފްލެޓު ލިބިފައިވާ މީހުން ވެސް އެ ފްލެޓް ދޫކޮށްލުމަށް ފަހު އާ މަޝްރޫއުގެ ދަށުން ގޯއްޗަށް ކުރިމަތިލެވޭނެ ކަމަށް ވިދާޅުވިއެވެ.

"މިހެން ހެދީ ފުރަތަމަ ބުރުގައި ގޯއްޗަށް ކުރިމަތިނުލެވިގެން ހުށަހެޅި ޝަކުވާތައް ބަލައިފައި. ހިޔާ ފްލެޓް ނުވަތަ ސަރުކާރުގެ އެހެން ވެސް މަޝްރޫއަކުން ލިބިފައި އޮތް ފްލެޓް ދޫކޮށްލާ ގޮތަށް އުސޫލްތަކެއްގެ ތެރެއިން ގޯއްޗަށް ކުރިމަތިލޭވެނެ ފުރުސަތު މި ބުރުގައި ލިބޭނެ،"

އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުވައިލި ފުރަތަމަ ބުރުގައި ޝަރުތު ހަމަވުމަށް ފަހު ގޯތި ނުލިބުނު 18-25 އަހަރުގެ ދެމެދުގެ މީހުންނަށް ވެސް މި ބުރުގައި ގޯތި ލިބޭނެ ކަމަށާއި އެއީ ގާތްގަނޑަކަށް 600 މީހުން ކަމަށާއި އަދި ދެވަނަ ބުރުގެ ތެރެއިން 1250 އަކަފޫޓުގެ 5098 ގޯތި ދޭން އަމާޒު ހިފާފައިވާ ކަމަށެވެ.

ހުޅުމާލެ އިން 8،000 އަށް ވުރެން ގިނަ ފްލެޓާއި 5000 އަށް ވުރެ ގިނަ ގޯއްޗަށް ކުރިމަތިލާން ރޭ ވަނީ ހުޅުވާލައިފައެވެ.

ގެދޮރުވެރިޔާ ސްކީމުން ފްލެޓާއި ގޯއްޗަށް އެދި ފުރަތަމަ ބުރުގައި ހުޅުވާލުމުން ގިނަ ބަޔަކު ކުރިމަތިލައި އޭގެ ތެރެއިން ބައެއް މީހުންނަށް މިހާރު ވަނީ ގޯތި ހަވާލުކޮށްފައެވެ.

ރައީސް ޞާލިޙް ވަނީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ބޯހިޔާވަހިކަން ދޭން ނިންމާފައިވާ ސަރަހައްދުތަކުގެ ތެރޭގައި އުތުރު ތިލަފަޅު ހިމެނޭކަމަށް ވިދާޅުވެ އެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

"ދެން އޮތީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ބޯހިޔާވހަިކަން ދިނުމަށްޓަކާ ބިން މިލްކު ކުރުމަށް ހުޅުވާލެވޭ ސްކީމް. އިރާދަ ކުރެއްވިއްޔާ މިރޭ، ކުޑަ އިރުކޮޅެއް ފަހުން އެ ސްކީމު ހުޅުވިގެން ދާނެ،"

ރައީސް ޞާލިޙް ވިދާޅުވިއެވެ.

އެ ސްކީމުގައި މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާ މީހުންނާއި ދަފްތަރުގައި ރެޖިސްޓްރީވެ، 20 އަހަރުވެފައިވާ މީހުންނަށް ތަފާތު ކުރުމެއް ނެތި ބައިވެރިވެވޭނެ ކަމުގެ ވަޢުދު ރޭވެސް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މިހާރު މި ކުރައްވާ ކަމަކީ މިސަރުކާރަށް ދެވަނަ ދައުރެއް ނުލިބޭނެ ކަން ޔަގީންވުމުން އަންނަން އޮތް ސަރުކާރަށް ޖެއްސުން ކުރުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *