12 ފެބުރުވަރީ 2025

ސެޕްޓެންބަރު 28، ސަރުކާރު ބަންދު

2023 ވަނަ އަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ކަނޑައަޅުއްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 8 ޑިސެންބަރު 2022 ގައި ނެރުއްވި ދެންނެވުމުގައި، މި ސެޕްޓެންބަރު މަހުގެ 28 ވާ ބުރާސްފަތި ދުވަސް ހިމަނުއްވައިފައިވާތީ، އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.

އެކަން ހާމަކުރެއްވީ ދާދި ދެންމެއަކު ޓްވިޓަރ މެދުވެރިކޮށް ރައީސް އޮފީހުން ޙިއްސާކުރެއްވި ޚަބަރެއްގައެވެ.

މިމަހުގެ 30 ވާ ހޮނިހިރު ދުވަހަކީ ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނަ ދުވަހެވެ.

މީގެކުރިން ވަނީ، ސެޕްޓެންބަރު މަހުގެ 9 ވީ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ޙަރަކާތްތެރިވި ސަރުކާރުގެ ގިނަ ޢަދަދެއްގެ މުވައްޒަފުންނާއި ޢާންމު ރައްޔިތުން، ވޯޓާ ގުޅިގެން ކުރަން ޖެހުނު އެންމެހައި މަސައްކަތްތައް އަދި ނުނިމޭތީ ކަމަށްވިދާޅުވެ، ސެޕްޓެންބަރު 10 ވަނަ ދުވަހުގެ އިތުރުން ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހަކީވެސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު