އުތުރު ތިލަފަޅުން ގޯތި ދިނުމަށް 215 ހެކްޓަރުގެ ބިން ހިއްކަނީ

މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ބޯ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުވާލާ ސްކީމުން ބިން ދޭ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ އުތުރު ތިލަފަޅުން ގޯތި ދިނުމަށް 215 ހެކްޓަރުގެ ބިން ހިއްކާނެ ކަަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އުތުރު ތިލަފަޅުން ގޯތި ދޭން ނިންމާފައިވާ ކަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އިއުލާނު ކުރައްވާފައިވަނިކޮށް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ބޯ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުވާލާ ސްކީމުން ބިން ދޭ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ އުތުރު ތިލަފަޅުން ގޯތި ދިނުމަށް 215 ހެކްޓަރުގެ ބިން ހިއްކާނެ ކަަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

"އެކަމަށް އަޅުގަނޑުމެން ނިންމާފައި އޮތް އެއް ފަޅަކީ އެ ވިދާޅުވާ އުތުރު ތިލަފަޅު. އެތަނުގައި ދިވެހިން ދިރިއުޅޭނީ. ބޭރު މީހުންނެއް ނޫން ދިރިއުޅޭނީކީ. މާލޭން  ވިލިމާލެއަށް، ގުޅީ ފަޅުން ތިލަފުއްޓަށް. ތިލަފުށިން ގިރާވަރުފަޅަށް. ގިރާވަރުފަޅުން އުތުރު ތިލަފަޅަށް ބުރިޖުން އެތަން ގުޅިގެންދާނެ،"

ރައީސް ޞާލިޙް ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި ފުލެޓް ކޮމިޓީގެ ޗެއަރ އަކްރަމް ކަމާލުއްދީން އިއްޔެ ވަނީ ގިރާވަރު އުތުރު ފަޅު (އުތުރު ތިލަފަޅުން) ގެދޮރުވެރި ކަމުގެ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ޗާޓް އާއްމު ކުރައްވާފައެވެ. އެ ޗާޓުން ފެންނަގޮތުން އެ ފަޅުން 215 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.

މާލެ ސަރަހައްދުން ދޫކުރާ އިތުރު ގޯއްޗާއި ފްލެޓަށް މިހާރު އިއުލާނު ކޮށްފައިޥާއިރު އޭގެ ތެރޭގައި 4،000 އަށް ވުުރެ ގިނަ ގޯއްޗާއި 6،000 ފްލެޓު ހިމެނެއެވެ.

އުތުރުތިލަފަޅަކީ ކޯސްޓްގާޑުގެ އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރެއް ޤާއިމް ކުރަމުންދާ ފަޅެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެހެންނަމަވެސް، އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އެ ސަރަހައްދުގައި އިންޑިޔާގެ އަސްކަރީ ބޭސްއެއް ޤާއިމުކޮށް، އިންޑިޔާގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު