15 ޖަނަވަރީ 2025

ހޫނު ފެން ބުއިމުން ހަށިގަނޑަށް ފައިދާ ކުރޭތަ؟ ރަނގަޅީ ހޫނު ފެންތަ ނޫނީ ފިނިފެންތަ؟

އިންސާނާގެ ހަށިގަނޑުގައި ފެން ވަރަށް ގިނަ އަދަދަކަށް އެކުލެވިގެން ވެއެވެ.މިގޮތުން 50 ކިލޯގެ ބަރުދަން ހުންނަމީހެއްގެ ހަށިގަނޑުގައި 31 ލީޓަރުގެ ފެން ހުންނަކަމަށް ވެއެވެ. އަދި 10 ކިލޯގްރާމްގެ ބަރުދަން ހުންނަ ކުޑަކުއްޖެއްގެ ހަށިގަނޑުގައި 8 ލީޓަރުގެ ފެން ހުންނަ ކަމަށް ދިރާސާތަކުން ދައްކައެވެ. ކާނާ އާއި ނުލާ ދެތިން ހަފްތާ ވަންދެން މީހުންނަށް ދިރިތިބެވުނު ނަމަވެސް ފެނާއި ނުލާ ދެތިން ދުވަސްވަންދެން ވެސް ދިރިއެއް ނުތިބެވޭނެ ކަމަށް ވެސް ހޯދުންތަކުން ދައްކައެވެ.

ހަށިގަނޑުން ފެންމަދުވުމުން ދިޔާއެއްޗެތި ދޭންޖެހޭ އެންމެ ބޮޑު ސަބަބަކީ މިއީއެވެ. މިސާލަކަށް ބޭރަށްހިންގުން ފަދަ ބައްޔެއް ޖެހިއްޖެނަމަ ގިނަ އަދަދަކަށް ދިޔާއެއްޗެތި ދޭންޖެހެއެވެ. އެއީ ހަށިގަނޑުން ގެއްލިގެންދާ ފެން ވަގުތުން ހަމަކޮށްދިނުމަށްޓަކައެވެ. އިންސާނުންނަށް ފެން ބޭނުންވަނީ އެތައް ސަބަބުތަކަށްޓަކައެވެ. ހަށިގަނޑުގައިވާ ދިރުތަކާއި ދިޔަތައް (ލޭ، ހަޖަމީ ދިޔަ، ކަރުނަ) އުފެއްދުމަށާއި، ކާތަކެތި ހަށިގަނޑުގެ ތެރޭގައި ފަސޭހައިން ހަޖަމުކުރެވޭގޮތް ހެދުމަށާއި، އިންސާނާގެ އަނގަ، ގޮހޮރު، ފުއްޕާމޭ، އަދި އެހެނިހެން ގުނަވަންތައް ކުރަކިވިޔަނުދީ ތެތްކޮށް ބެހެއްޓުމަށާއި، ފަހަރުވާ އާއި އެކު ހަށިގަނޑުގެ ކުނިބުނި ހަށިގަނޑުން ބޭރުކުރުމަށާއި، ހަން ސާފުކޮށް ބެހެއްޓުމަށާއި، ހަށިގަނޑުގެ ހޫނުމިން މައްޗަށް ދިޔަ ނުދިނުމަށާއި، ދާހިއްލުމަށް ފަހިކޮށްދިނުމަށެވެ.

އެވްރެޖްގޮތެއްގައި މީހަކު ދުވާލަކު 2 ނުވަތަ 3 ލީޓަރުގެ ފެން ބޯންޖެހެއެވެ.

ފެނަކީ ކުލައެއް ރަހައެއް ވަހެއް ނުހުންނަ އަގު ބޮޑު ނިޢުމަތެކެވެ. އިސްވެ ދެންނެވިފައިވާ ސަބަބުތަކަށްޓަކައި އަދިވެސް އިތުރު ފައިދާތައް ހަށިގަނޑަށް ލިއްބައިދިނުމަށްޓަކައި، ހޫނު ފެން ބުއިމުގެ ބޭނުންތެރިކަން ބޮޑެވެ.

Benefits of drinking warm water

މިއަދުގެ ދުވަސް ފެށީ ހޫނު ފެންތައްޓެއް ބޯލުމަށްފަހުގައި ހެއްޔެވެ؟

ޑައިޓީޝަން އަދި ކްލިނިކަލް ނިއުޓްރިޝަނިސްޓެއް ކަމަށްވާ ޑރ. އުޝައިކިރަން ވިދާޅުވާ ގޮތުގައި، ހޫނު ފެންތައްޓެއް ބޯލައިގެން ދުވަސް ފެށުމަށް އިރުޝާދު ދެއްވައެވެ. އެހެނީ، އެކަމުގެ ސަބަބުން ހަށިގަނޑުގެ ހަޖަމުކުރާ ނިޒާމު ޙަރަކާތްތެރިކަން ގެނުވައެވެ. އަދި ލޭ ދައުރު ކުރުމަށް އެހީތެރިވުމުގެ އިތުރުން ހަށިގަނޑުގައި އުފެދިފައިވާ ވިހަތައް ނައްތާލުމަށް އެހީތެރިވެދެއެވެ.

ހޫނުފެން ބުއިމުން ލިބެނީ ކޮން ފައިދާއެއް؟

ފިނިފެން ބުއިމުގެ ބަދަލުގައި ހޫނު ފެން ބޭނުން ކުރަން ފެށުމުން ހަށިގަޑަށް ފައިދާކުރާ ކަމަށް ދިރާސާތަކުން ދައްކައެވެ. އެކަމުގެ ސަބަބުން ބަރުދަން ލުއިކޮށްދީ، ހަށިގަނޑުގެ މެޓަބޮލިޒަމް އިތުރުކޮށްދެއެވެ. ހަޖަމުކުރާ ނިޒާމު ޙަރަކާތްތެރިކަން ގެނުވައެވެ. އަދި ލޭ ދައުރު ކުރުމަށް އެހީތެރިވުމުގެ އިތުރުން ހަށިގަނޑުގައި އުފެދިފައިވާ ވިހަތައް ނައްތާލުމަށް އެހީތެރިވެދެއެވެ.

ހޫނު ފެން ބުއިން އެންމެ ރަނގަޅު ވަގުތަކީ ކޮބާ؟

ޑރ. އުޝައިކިރަން ވިދާޅުވާ ގޮތުގައި، ހޫނު ފެން ބުއިމުން އެންމެ ރަނގަޅު އަސަރެއް ކުރަނީ ހެނދުނު ހޭލާގޮތަށް ހޫނު ފެން ބުއިމުންނެވެ. އެއީ ހެނދުނު ސައިބުއިމުގެ ކުރިންނެވެ.

ހަމައެހެންމެ، އެހެން ގަޑިތަކުގައިވެސް ކެއުމުގެ ކުރިން ހޫނު ފެން ބުއިމުން ހަޖަމުކުރުމަށް ފަސޭހަވެއެވެ.

ފެނުމުގެ ހޫނުމިން ބަހައްޓާނީ މާ ބޮޑަށް ހޫނުނުކޮށް، ފަސޭހައިން ބޯލެވޭ ވަރަކަށެވެ.

Benefits of drinking warm water

އަނގަފިހޭ ވަރަށް މާބޮޑަށް ހޫނުކޮށްފައި ބެހެއްޓުމަށް ޑޮކްޓަރުން އިރުޝާދެއް ނުދެއްވައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު