25 ޖަނަވަރީ 2025

އެމްއާރްއެމްގެ ސްލޮޓްގައި ސަރުކާރުގައި ތިއްބެވި ޑެޕިޔުޓީ މިނިސްޓަރުންތަކެއް މަޤާމުން ވަކިކޮށްފި

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާޢީދުކުރެއްވުމާ ގުޅިގެން، އެމްއާރްއެމްގެ ސްލޮޓްގައި ސަރުކާރުގައި ތިއްބެވި ޑެޕިޔުޓީ މިނިސްޓަރުންތަކެއް މަޤާމުން ވަކިކޮށްފިއެވެ.

ޔޫތު މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ ޢަބްދުﷲ އަނީސްއާއި، ޔޫތު މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ ޝިމާޒު އަލީ އެންވައިރުމަންޓް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ އަޙްމަދު ޒިޔާންގެ އިތުރުން އިއްޔެގެ އިވެންޓުގައި ބައިވެރިވި އެމްއާރްއެމްގެ ފަރާތުން ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންވެސް މަޤާމުން ވަކިކޮށްފައިވާ ކަން  ވަނީ ކަށަވަރު ކުރެވިފައެވެ.

މަޢުލޫމާތު ލިބޭގޮތުގައި މި ބޭފުޅުންތެރެއިން ޔޫތު ޑެޕިޔުޓީ މިނިސްޓަރަކަށް ހުންނެވި ޝިމާޒު ޢަލީ އިސްތިޢުފާގެ ސިޓީ އިއްޔެގެ ވަގުތެއްގައިވަނީ ހުށަހަޅުއްވާފައެވެ. އެކަމަކު އޭނާގެ އިސްތިޢުފާ ޤަބޫލުކުުރެއްވި ސިޓީގެ ބަދަލުގައި ލިބިވަޑައިގެންފައިވަނީ، މަޤާމުން ވަކި ކުރެއްވި ކަމުގެ ސިޓީއެވެ.

އެ ބޭފުޅުން ވަކިކުރެއްވިކަން އެންގުމަށް، ރައީސް އޮފީހުގެ މިނިސްޓަރ އިބްރާހީމް ވަޙީދު ސޮއިކުރައްވައި ފޮނުއްވި ސިޓީގައި އެބޭފުޅުން ވަކިކުރެއްވި ސަބަބެއް ބަޔާންކުރައްވާފައެއް ނުވެއެވެ.

އަދި ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓްގެ އިއްޔެގެ ކެމްޕެއިން އިވެންޓްގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންވެސް ވަކިކުރާނެ ކަމުގެ މަޢުލޫމާތު "ފިޔަ އޮންލައިން" އަށް ވަނީ ލިބިފައެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިޔުޓީ މިނިސްޓަރ އިސްމާއިލް ޒަބީހް ވަނީ  އަމިއްލަ ގޮތުން ކުރިމަތިލެއްވި ރިޔާސީ ކެންޑިޑޭޓް އެމްއާރްއެމްގެ ރައީސް އަޙްމަދު ފާރިސް މައުމޫންގެ ކެމްޕެއިން ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަނިކޮށް، މީގެ ކުރިން މަޤާމުން ވަކިކުރައްވާފައެވެ.

އެބޭފުޅުން މަޤާމުން ވަކިކުރެއްވިއިރު، އެ ބޭފުޅުންގެ އިތުރުން އެމްއާރުއެމްގެ އެކްސްކޯރގެ ގިނަ މެމްބަރުން، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވަނީ ތާޢީދުކޮށް، ބައިއަތު ހިފާފައެވެ.

އިއްޔެ ހަވީރު ގަލޮޅު ކަންމަތީގައި އޮތް ޚާއްސަ ހަފްލާފައި މުއިއްޒަށް ތާއީދު ކުރެއްވި ބޭފުޅުންގެ ތެރޭގައި މިސަރުކާރުގެ ސްޓޭޓް މިނިސްޓަރ ކަމާއި ޑެޕިޔުޓީ މިނިސްޓަރގެ މަޤާމާއި އަދި އިސް އެހެން މަޤާމުތައް ފުރުއްވަމުންދާ ބޭފުޅުންވެސް ހިމެނެއެވެ. އަދި މިއަދު މުއިއްޒުގެ ކެމްޕެއިނާ ގުޅުނު ގިނަ ބޭފުޅުންނަކީ އެމްއާރުއެމްގެ ކައުންސިލްގައި ހިމެނޭ ނިމިދިޔަ އިންތިޚާބުގައި ފާރިސްގެ ކެމްޕޭންގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅުންނެވެ.

އޭގެތެރޭގައި އަމިއްލަ ގޮތުން ވާދަކުރެއްވި އެމްއާރްއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫންގެ އިންތިހާބީ އެޖެންޓް އަދި މި ސަރުކާރުގެ ކުރީގެ ޑެޕިޔުޓީ މިނިސްޓަރ އިސްމާއިލް ޒަބީހްއާއި، ފާރިސްގެ ކެމްޕެއިން މެނޭޖަރ އަދި ޔޫތު މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ ޝިމާޒު ޢަލީ ހިމެނެއެވެ.

އެމްއާރުއެމްއިން މުއިއްޒު އެންޑޯޒް ކުރެއްވި ބޭފުޅުން:

  • ކުރީގެ ޑެޕިޔުޓީ މިނިސްޓަރ އިސްމާއިލް ޒަބީހު، އެމްއާރުއެމް ކައުންސިލް މެމްބަރު
  • ޔޫތު މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ ޝިމާޒު އަލީ، އެމްއާރުއެމް ކައުންސިލް މެމްބަރު
  • ޔޫތު މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ އަބްދުﷲ އަނީސް، އެމްއާރުއެމް ކައުންސިލް މެމްބަރު
  • އެންވައިރުމަންޓް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ އަޙްމަދު ޒިޔާން، އެމްއާރުއެމް ކައުންސިލް މެމްބަރު
  • ސީނިއާ އެގްޒެކެޓުވް ޑިރެކްޓަރ ޢަލީ ޠާއިފް، އެމްއާރުއެމް ކައުންސިލް މެމްބަރު
  • އަޙްމަދު އިބްރާހީމް، އެމްއާރުއެމް ކައުންސިލް މެމްބަރު
  • އިސްމާއިލް ރައޫފް، އެމްއާރުއެމް ކައުންސިލް މެމްބަރު
  • އަޙްމަދު އަފްޒަލް، އެމްއާރުއެމްގެ މެންބަރެއް
  • ޒާން އަޙްމަދު ނިޔާޒު، އެމްއާރުއެމްގެ ސަޕޯޓަރެއް

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު