16 ފެބުރުވަރީ 2025
އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް، ފޮޓޯ: ޕޮލިސް

އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުން ދަރިވަރުން ރައްކާތެރިކުރުވުމަށް މައުލޫމާތުދީފި

ފާދިއްޕޮޅު ކުރެންދޫގައި ހުންނަ ޅ. އަތޮޅު މަދަރުސާގެ ގްރޭޑް 7 އިން 10 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުން އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް އެ ރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ، ސެޕްޓެމްބަރ 24 ވަނަ ދުވަހު އެ މަދަރުސާގައި ކުރިއަށް ގެންދިޔަ ސެޝަނުގައި ފުރާވަރު އުމުރުގެ ކުދިންނަށް އަމާޒުކޮށް އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކަކީ ކޮބައިކަން ބުނެދީފައިވެއެވެ. އަދި އެފަދަ ކުށްތަކަށް ހުށަހެޅެނީ ކިހިނެއްކަމާއި އެފަދަ ކުށްތަކުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް މަސައްކަތްކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

ހަމައެހެންމެ އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުގެ ޝިކާރައަކަށް ވެއްޖަނަމަ ދިމާވެދާނެ ކަންކަމުގެ މައުލޫމާތު ޙިއްސާކޮށްފައިވާ ކަމަށާއި، އެގޮތުން، އެފަދަ ކަމެއް ދިމާވުމުން ބެލެނިވެރިންނަށް އެކަން ސިއްރުނުކުރުމަށް ނަސޭހަތްތެރިވެފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ، އެފަދަ ކަންކަން ސިއްރުކޮށްގެން އުޅޭނަމަ ޑިޕްރެޝަނާއި އެންޒައިޓީ އަދި އަމިއްލަ ނަފުސަށްކުރާ އިތުބާރު ގެއްލިގެންދިއުން ފަދަ ކަންކަމުން ދަރިވަރުން ރައްކާތެރިކުރުމަށް ތަފާތުއެކި މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

ރައްކާތެރިގޮތުގައި އިންޓަނެޓު ބޭނުންކުރާނެ ގޮތާއި އިންޓަނެޓުގައި އާންމުކޮށްގެން ނުވާނެ ޒާތީ މައުލޫމާތުތައް ބުނެދިނުމާއެކު ދަރިވަރުންގެ މެދުގައި ގްރޫޕް މަސައްކަތްތައްކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު