Monday, 14 October 2024

ދުންޔާ މައުމޫން ޕީޕީއެމަށް ސޮއިކުރައްވައިފި

އެމްއެންޕީގެ ނައިބު ރައީސް ގޮތުގައި ހުންނެވި ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ޕީޕީއެމަށް ސޮއިކުރައްވައިފިއެވެ.

އެކަމަނާ ސޮއިކުރައްވާފައިވަނީ، މިއަދު ހުޅުމާލޭގައި އޮތް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ކެމްޕެއިން ހަރަކާތުގެ ތެރެއިންނެވެ.

އެކަމަނާ ޕީޕީއެމަށް ސޮއިކުރެއްވި ފޯމް ޙަވާލުވެވަޑައިގަންނަވާފައިވަނީ އެ ކޯލިޝަންގެ ކެންޑިޑޭޓް ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެ ކޯލިޝަންގެ ވެރިޔާ ޢަބްދުއްރަޙީމް (އަދުރޭ) އެވެ.

ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫނަކީ ރައީސް ޔާމީން ސަރުކާރުގެ ޚާރިޖީ ވަޒީރުކަން ކުރައްވާފައިވާ ބޭކަނބަލެކެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ އިސްކޮށް ހުންނަވައި، އުފައްދަވާފައިވާ އެމްއެންޕީ އުފެއްދި ފަހުން އެޕާޓީން ދުންޔާ ފެނިގެން ގޮސްފައިވަނީ، އެ ޕާޓީގެ ނާއިބު ރައީސާގެ ގޮތުގައެވެ.

އެކަމަނާ ޕީޕީއެމްއާ ގުޅިވަޑައިގަންނަވާފައިވާއިރު، އެ ކަމަނާ ހުންނެވި އެމްއެންޕީއިން ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ޑޮކްޓަރ މުޙައްމަދު މުއިއްޒު އެންޑޯޒްކުރައްވާފައެވެ. އަދި އެ ޕާޓީން ގެންދަނީ މާލެއާއި އަތޮޅުތަކުގެ ރަށްތަކުގައި ބާއްވަމުން ގެންދާ ކެމްޕެއިން ޙަރަކާތްތަކުންގައި ބައިވެރިވަމުންނެވެ. ޚުދު އެޕާޓީގެ ލީޑަރ ކާނަލް ނާޒިމް، މުޢިއްޒުގެ ކެމްޕެއިން ހަރަކާތްތަކުގައި އިސްވެ ބައިވެރިވެވަޑައިގަންނަވަމުންދާ ކަން ފާހަގަކުރެވެއެވެ.

ދުންޔާ ވަނީ މީކުރިން ޕީޕީއެމް އާއި ޑީއާރްޕީގައިވެސް އުޅުއްވާފައެވެ. އަދި އެކަމަނާއަކީ ރައީސް މައުމޫނާއި، ރައީސް ވަޙީދާއި، ރައީސް ޔާމީންގެ ސަރުކާރުގައި ސިޔާސީ އިސް މަޤާމްތަކެއް ފުރުއްވާފައެވެ.
އެގޮތުން، އަދާކުރެއްވި މަގާމު ތަކުގެ ތެރޭގައި 2013 އިން 2016 އަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމާއި، 2012 އިން 2013 ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި، 2006 އިން 2008 އަށް ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން އަދާކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ނާޒިމް އަކީ ލީޑަރެއްތޯ ؟ ސިޔާސީ މީހެއްތޯ ؟ ނޫނީ ސީ ގްރޭޑް އެކްޓަރެއްތޯ؟ މިހާރުވެސް ކިޔަނީ ޑރ.މުއީޒު ގެ ބޮޑުވަަޒީރުހެން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު