Sunday, 06 October 2024
މިއަދު ހުޅުމާލޭގައި ބޭއްވެވި އިވެންޓްގައި

ޚާރިޖީ ސިޔާސަތުގެ ތެރެއިން އެއްވެސް ޤައުމަކާ ދުޝްމަން ނުވާނަން: މުޢިއްޒު

އެމަނިކުފާނުގެ ވެރިކަމެއްގައި ޚާރިޖީ ސިޔާސަތުގެ ތެރެއިން އެއްވެސް ޤައުމަކާ ދުޝްމަން ނުވާނެ ކަމަށާއި އަދި ދެކޮޅުވެރި ނުވާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅު ވެއްޖެއެވެ.

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި ޚާރިޖީ ސިޔާސަތުގެ ތެރެއިން އެއްވެސް ޤައުމަކާއި ދުޝްމަން ނުވާނެ ކަމަށާއި އަދި ދެކޮޅުވެރި ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރާގޮތް އަބަދުވެސް އަޅުގަނޑު މިއަންނަނީ ސާފުކޮށް ބަޔާންކުރަމުން. އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ މިގައުމުގެ މިނިވަންކަން ޔަގީންކުރުން."

މުޢިއްޒު ވިދާޅުވިއެވެ.

ހުޅުމާލެ ފޭސް 1 ގައި ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން

މުޢިއްޒު ވިދާޅުވީ، އެ ޤައުމެއްގެ މިނިވަންކަމާއި ސިޔާދަތު ޔަގީންކޮށް ކަށަވަރުކުރުމަކީ ކޮންމެ ޤައުމެއްގެ ވެސް ޙައްޤެއް ކަމަށާއި، އެކަމަށްޓަކައި އދ. ކިޔާ ޖަމްޢިއްޔާއެއް އުފައްދައި އެ ޖަމްޢިއްޔާގައި އެތައް ޤައުމެއް ބައިވެރިވެގެން ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ.

ފުރަތަމަ ދުވަހުން ފެށިގެން ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ޔަގީންކޮށް ހުރިހާ ޤައުމުތަކާއި އެކު ގާތް ގުޅުން ބޭއްވުމަށް މަސައްކަތް ފައްޓަވާނެ ކަމަށް ފާހަގަކުރައްވަމުން، ޤައުމު އޮތް ދުރުމިނެއް އަދި ކުޑަ މިނެއް ބޮޑުމިނެއް ނުބަލައި ބޭރު ޤައުމުތަކާއި އެކު އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ ޚާރިޖީ ގުޅުން ބަދަހިކުރައްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"ޚާރިޖީ ގޮތުން ދިމާވާ މައްސަލަތަކަށް ޑިޕްލޮމަސީގެ އުސޫލްތަކުގެ ތެރެއިން ޙައްލު ހޯދައި މި ގައުމަށް ހަމަޖެހުން ގެނެސްދޭނަން."

މުޢިއްޒު ވިދާޅުވިއެވެ.

ޤައުމަށް ފައިދާވާ ގޮތަށް ޚާރިޖީ ސިޔާސަތު ބައްޓަންކޮށް އެގޮތުގެ މަތީން މިނިވަންކަމާއި އިސްތިޤްލާލް ހިމާޔަތްކުރެވިފައިވާ ސިޔާދަތީ ބާރު ފުރިހަމައަށް ހިނގާ އަމިއްލަ ވަންތަ ފަޚުރުވެރި ޤައުމެއްގެ ގޮތުގައި މި ޤައުމު ހަައްދަވާނެ ކަމަށް ވިދާޅުވަމުން، އެމަނިކުފާނު އެދިވަޑައިގަތީ، ޤައުމަށް ފައިދާވާނެ ސިޔާސަތުތައް، އެމަނިކުފާނު ބަޔާންކޮށްދެއްވާ ގޮތަށް ހުރިހާ ބޭފުޅުން ވެސް އެ ވާހަކަތައް ބައްޓަން ކުރެއްވުމަށެވެ.

މި ޤައުމަށް ހަމަޖެހުން ގެނެވޭނީ  އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމްކޮށް، އަޅާލާ ޒިންމާދާރުވެ ސިކުނޑިތައް ތަރައްޤީ ކުރެވިގެން ކަމަށާއި، ހަމައެގޮތަށް އަޅުގަނޑުމެންގެ ޅަ ދަރިންގެ ހިތުގައި ޤައުމިއްޔަތުގެ ލޯބި އުފައްދަންޖެހޭ ކަމަށާއި، ޤައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި މަންހަޖުގައި ހިމަނައިގެން ތުއްތު ކުދިންނަށް ކިޔަވައިދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު