Saturday, 13 April 2024

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން 300 ފްލެޓް ދޭން ނިންމައިފި

މި ސަރުކާރުން ކުރިއަށްގެންދަވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ޚާއްސަކޮށްގެން 300 ފްލެޓް ދޭން ސަރުކާރުން ނިންމަވައިފިއެވެ.

ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، މި 300 ފްލެޓް ޚާއްސަކުރާނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާތާ 15 އަހަރުވެފައިވާ މުވައްޒަފުންނަށްކަމަށެވެ. އަކްރަމް ވިދާޅުވީ އެކަމާ ގުޅޭ އުސޫލު މިރޭގެ ވަގުތެއްގައި އާންމު ކުރައްވާނެކަމަށެވެ.

ރައީސް ޞާލިޙްގެ ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ދެވަނަ ފިޔަވަހީގައި ދޫކުރާ ގޯއްޗާއި ފްލެޓްއަށް ކުރުމިތިލުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ. އެގޮތުން ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ބުރުގެ ދަށުން މާލެ ސަރަހައްދުން 4000 ގޯއްޗާއި 6000 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މާލޭގައި އުޅޭތާ 20 އަހަރުވެފައިވާ މީހުންނަށާއި މާލޭގެ ދަފުތަރުގައި ޖެހިފައިވާ މީހުންނަށް މާލެ ސަރަހައްދުން ގޯތިދޭނެއެވެ.

މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދައިދެއްވުމަށް ކަމަށް ވިދާޅުވެ، މި ސަރުކާރުން ފެއްޓެވި ބިންވެރިޔާ ސްކީމްގެ ދަށުން ޖޮއިންޓް އުސޫލު ހިމެނޭހެން 19639 މީހަކަށް 9001 ގޯތި ދޫކުރާނެއެވެ.

ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން، ގޯތީގެ އިތުރުން، ފްލެޓަށް ހުށައެޅި 20000 އަށްވުރެ ގިނަ މީހުންގެ ތެރެއިން ޝަރުތު ހަމަވާ 13000 އަށްވުރެ ގިނަ މީހުންނަށް ފްލެޓް ދިނުމަށްވެސް ވަނީ ނިންމަވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *