ރާއްޖެއިން ބޭރުގައި ވޯޓުލާ މީހުންގެ އަދަދު ދެގުނަވެއްޖެ

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ މީހުންގެ އަދަދު ފުރަތަމަ ބުރަށްވުރެ ދެގުނަ އިތުރުވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓުލުމަށްޓަކައި 6223 މީހަކު ވަނީ ރަޖިސްޓްރީކޮށްފައިވާއިރު، އެއީ ފުރަތަމަ ބުރުގެ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރަޖިސްޓްރީކުރި މީހުންނަށްވުރެ 2896 މީހުންގެ އިތުރުވުމެކެވެ. ފުރަތަމަ ބުރުގައި ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވަނީ 3327 މީހުންނެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން އާއްމުކުރައްވާފައިވާ ގޮތުގައި ވޯޓު ފޮށިތައް ބަހައްޓާ ކޮންމެ ޤައުމެއްގައިވެސް ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ މީހުންގެ އަދަދުވެސް 2 ގުނަ އިތުރެވެ.

މިފަހަރު އެންމެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވަނީ މެލޭޝިޔާގައި ބަހައްޓާ ވޯޓުފޮށިތަކަށެވެ.

ފުރަތަމަ ބުރުގައި ރަޖިސްޓްރީވީ މީހުންގެ އަދަދު:

• ޔޫއޭއީ : 171 މީހުން
• ޓްރިވެންޑްރަމް : 417 މީހުން
• ކޮލަމްބޯ : 851 މީހުން
• ކުއަލަލަންޕޫރް : 1423 މީހުން
• ލަންޑަން : 465 މީހުން

ދެވަނަ ބުރުގައި ރަޖިސްޓްރީވީ މީހުންގެ އަދަދު:

• ޔޫއޭއީ : 442 މީހުން
• ޓްރިވެންޑްރަމް : 1063 މީހުން
• ކޮލަމްބޯ : 1310 މީހުން
• ކުއަލަލަންޕޫރް : 2520 މީހުން
• ލަންޑަން : 888 މީހުން

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރެކޭ އެއްފަދައިން ދެވަނަ ބުރުގައިވެސް ރާއްޖެއިން ބޭރުގައި 5 ޤައުމެއްގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އަދި އެ 5 ޤައުމުގައި ޖުމުލަ 9 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

ރިޔާސީ އިންތިޚަބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވެއެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 282،395 މީހަކަށެވެ. އެހެންކަމުން 409 މީހަކަށް ވަނީ އަލަށް ވޯޓު ލުމުގެ ހައްގު ލިބިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު