Thursday, 18 April 2024

އަތަ "ބަސުންޑީ" ހަދާނީ ކިހިނެތް؟ އާތިރައިޓިސް ހުންނަ މީހުންނަށްވެސް ރަނގަޅު ބުއިމެއް

އަތައަކީ ވިޓަމިން ސީ އެކުލެވޭ ދިފާއީ ބާރު ވަރުގަދަކުރުމަށް މުހިއްމު އަދި އެހާމެ މީރު މޭވާއެވެ. ހަމައެހެންމެ، އަތައިގައި ވިޓަމިން ބީ-6 އާއި، ކެލްސިއަމް، އަޔަން، މެގްނީސިއަމް، ޕޮޓޭސިއަމް، ޕްރޮޓީން އަދި ފައިބާ ހިމެނެ އެވެ.

އަތައަކީ ދުޅަހެޔޮ ސިއްހަތަކަށް ނުހަނު މުހިއްމު މޭވާއެކެވެ.

Custard apple recipes

އަތައިން ލިބޭ ބައެއް ފައިދާތައް:

އަތަ އަކީ ބަނޑަށް ދިމާވާ މައްސަލަތަކަށް ހައްލު ގެނެސްދޭ މޭވާއެކެވެ. އަތައިގެ ސަބަބުން ބަނޑަށް ދިމާވާ ތިން އުނދަގުލަކަށް ފަސޭހަކަން ލިބިގެންދެ އެވެ. އެއީ ހަޖަމްކުރުމުގައި ފަސޭހަކޮސްދިނުމާއި، ގޭހުގެ މައްސަލަތައް ރަނގަޅުވުމާއި އަދި ގޮހޮރުގައި ފާރުހެދުން ފަދަ ކަންކަމަށް ފަރުވާއެއް ކަމަށް ދިރާސާތައް ދައްކައެވެ.

މި މޭވާގައި ހިމެނޭ މެގްނީސިއަމް އާއި ކެލްސިއަމްގެ ސަބަބުން ކަށިތައް ވަރުގަދަވެ ކައްޓާއި ގުޅުންހުރި މައްސަލަތައް ހައްލު ކުރުމަށް އެހީތެރިވެދެއެެވެ. ހުޅުތަކުގައި ރިއްސުމާއި ދުޅަވުން ފަދަ މައްސަލަތަކަށް މި މޭވާގެ ސަބަބުން ލުއެއް ލިބިގެންދެއެވެ. ހާއްސަކޮށް އާތިރައިޓިސް ބަލިހުންނަ މީހުންނަށް މިއީ ބޭނުންކުރުން ރަނގަޅު މޭވާއެކެވެ.

އަތައަކީ ބަރުދަން ދެމެހެއްޓުމަށް އެހީތެރިކަމެއް ފޯރުކޮށްދޭ މޭވާއެކެވެ. ހަށިގަނޑުގައި ކެލަރީސްގެ އިތުރުކުރުމަށް އެހީވެދީ، ފައިބާ ހިމެނޭ މި މޭވާގެ ސަބަބުން ޕްރޮޓީން އިތުރުވެ މީހާގެ ހަކަތަ ވަރުގަދަކޮށްދެ އެވެ. އެހެންކަމުން މެޓަބޮލިޒަމަށް ބާރުލިބި ހަޖަމް ކުރުމުގެ މައްސަލަތަކަށް މި މޭވާ އެހީތެރިވެދެއެވެ. އެހެންކަމުން ބަރުދަން އެއްވަރެއްގައި ބެހެއްޓުމަށް މިއީ ކެއުމަށް ރަނގަޅު މޭވާއެކެވެ.

އަތައަކީ ކެންސަރު ފަދަ ބަލިތަކަށް ފަރުވާއެކެވެ. އަތައިގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ވިހަ މާއްދާތައް ނައްތާލައި މިފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

އަތައިގައި ހިމެނޭ ވިޓަމިން ބީ-6 އަކީ ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތައް ތަހައްމަލް ކުރަމުން އަންނަ މީހުންގެ މޫޑަށް ހެޔޮ ބަދަލުތަކެއް ގެނުވައިދޭ މާއްދާއެކެވެ. ވުމާއެކު އަތައަކީ ޑިޕްރެޝަންގެ އުނދަގޫތަކަށް ކޮންމެވެސް މިންވަރެއްގެ ލުޔެއް ގެނެސްދޭނެ މޭވާ އެކެވެ.

sitaphal or custard apple benefits

 

އަތަ "ބަސުންޑީ"

އަތަ "ބަސުންޑި" އަކީ،  ފަސޭހައިން ތައްޔާރުކޮށްލެވޭނެ މީރު ލުއި ބުއިމެކެވެ. އަތަ ހުހައްކާން ބޭނުން ނުވާނަމަ މި ބުއިން ތައްޔާރުކޮށްލައިގެން މީރު ރަޙަ ލިބޭނެއެވެ.

ބޭނުންވާ ތަކެތި

1 ލީޓަރ ކިރު،

2 އަތަ (ބޮޑު)

2 ނުވަތަ 3 ސައިސަމުސާ ހަކުރު

2 ނުވަތަ 3 ފޮނިތޮށި (މުގުރާފައި)

1/2 ސައިސަމުސާ ފޮނިތޮށި (މުގުރާފައި)

ފިނިފެންމަލުގެ ފިޔަ

 

ތައްޔާރުކުރާނީ ކިހިނެތް؟

ހަކުރާއި، މުގުރި ފޮނިތޮށި ކިރުކޮޅުގެ ތެރެއަށް އަޅާލުމަށްފަހު، ކިރުކޮޅު ދެބައިކުޅަބައި ހުންނަ ވަރަށް ކައްކާށެވެ. އެއަށްފަހު ހޫނުކަން ކެނޑުމުން ފޮނިތޮށި ޕައުޑާ އަޅާލާށެވެ. އަދި ފިނިފެންމަލުގެ ފިޔަކޮޅު އަޅާލާށެވެ. މިހާރު އެހެރީ އަތަ "ބަސުންޑި" ތައްޔާރުކުރެވިފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *