Thursday, 18 April 2024

ފޮނަދޫ ދާއިރާގެ މެންބަރު ސިރާޖު ޕީޕީއެމްއަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ޕީޕީއެމްއަށް ސޮއިކުރައްވައިފިއެވެ.

ފޮނަދޫ ދާއިރާގެ މެންބަރު ސިރާޖު ޕީޕީއެމްއަށް ސޮއިކުރައްވައިފި

ސިރާޖު ޕީޕީއެމްއަށް ސޮއިކުރެއްވީ ލ.ގަމުގެ އަލަށް އާބާދުވާ ސަރަހައްދުގައި އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި އެކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ކެމްޕޭން ޖަލްސާގައެވެ.

ސިރާޖުގެ މެމްބަރޝިޕް ފޯމާ ހަވާލުވެވަޑައިގަތީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުއާއި އެ ޕާޓީގެ ވެރިޔާ ޢަބްދުއްރަޙީމް (އަދުރޭ) އެވެ.

ސިރާޖު ރޭ ޕީޕީއެމްއަށް ސޮއިކުރެއްވިިއިރު، މީގެ ކުރިން ވަނީ މުޢިއްޒަށް ތާއީދުކުރައްވާކަން ހާމަކުރައްވައި ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

ސިރާާޖު މީގެ ކުރިން ހުންނެވީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރެއްގެ ގޮތުގައެވެ. އޭނާ އެ ޕާޓީން ވަކިވެވަޑައިގެންނެވީ މިދިޔަ އޮގަސްޓު 21 ގައެވެ. އެއަށްފަހު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެއެވެ.

ރޭގެ ޖަލްސާގައި މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ، ނިމުނު އިންތިޚާބަކީ ލ. އަތޮޅު ގަމުން އެންމެ ބޮޑު ތާއީދެއް އެމަނިކުފާނަށް ލިބުނު ފަހަރުކަމަށާއި، ތިރީސްވަނަ ދުވަހު މިނަގާ ވޯޓަކީ ޤައުމީ ވޯޓެއް ކަމުން، މި ޤައުމުގެ މިނިވަންކަން އޮތް ހިސާބަށް ބަލާއިރު އެ ދުވަހުގެ ނިންމުން ރަނގަޅަށް ނުނިންމައިފިނަމަ މިޤައުމުގެ ކަންކަން ދާނީ އަތުނުޖެހޭ ހިސާބަށް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *