Saturday, 13 April 2024

ރޮޒޭ ހިތާމަނުކުރިޔަސް ރައްޔަތުން ހިތާމަކުރާކަން ވޯޓު ފޮށިން ފެނޭ: ސިރާޖު

އަައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ހިތާމަނުކުރިޔަސް ރޮޒޭނާ ދާއިރާއަށް ވޯޓުލީ ރައްޔަތުން ހިތާމަކުރާކަށް ވޯޓު ފޮށިން ފެންނަ ކަމަށް ލ. ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ސިރާޖު މިހެން ވިދާޅުވެފައިވަނީ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް އޭނާ ޓެގްކުރައްވައި ކުރެއްވި ޓްވީޓްއަކާ ގުޅިގެންނެވެ.

"އެހެންދޯ! ރޮޒޭ ހިތާމައެއް ނުކުރަންދޯ އެ ފުލުހުންގެ ސަރވިސް ރިފޯމް ނުކުރެވުނީތީ ނޫނީ އެ ފުލުސް މީހާއަށް އިސްލާހީ ފިޔަވަޅެއް ނާޅާ މަތިމައްޗަށް ޕްރޮމޯޝަން ދެވުނީތީ؟ ރޮޒޭ ހިތާމަނުކުރިޔަސް ރޮޒޭ ދާއިރާއަށް ވޯޓުލީ ރައްޔަތުން ހިތާމަކުރާކަށް ވޯޓު ފޮށިން ފެނޭ."

ސިރާޖު ވިދާޅުވިއެވެ.

https://x.com/MoosesSiraj/status/1706521551435428239?s=20

ކުރީގެ ފޮޓޯގަނޑެއް ޙިއްސާކުރައްވަމުން ރޮޒޭނާ ވިދާޅުވެފައިވަނީ، "ސިރާޖު މިދުވަސް ހަނދާން ނެތުނީމަ ހިތާމަކުރަން" ކަމަށެވެ.

https://x.com/Roxeyna/status/1706444332923064620?s=20

ސިރާޖުރޭ ވަނީ ޕީޕީއެމްއަށް ސޮއިކުރައްވާފައެވެ. ސިރާޖު ޕީޕީއެމްއަށް ސޮއިކުރެއްވީ ލ.ގަމުގެ އަލަށް އާބާދުވާ ސަރަހައްދުގައި އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި އެކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ކެމްޕޭން ޖަލްސާގައެވެ.

ސިރާޖުގެ މެމްބަރޝިޕް ފޯމާ ހަވާލުވެވަޑައިގަތީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުއާއި އެ ޕާޓީގެ ވެރިޔާ ޢަބްދުއްރަޙީމް (އަދުރޭ) އެވެ.

ސިރާޖު ރޭ ޕީޕީއެމްއަށް ސޮއިކުރެއްވިިއިރު، މީގެ ކުރިން ވަނީ މުޢިއްޒަށް ތާއީދުކުރައްވާކަން ހާމަކުރައްވައި ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

ސިރާާޖު މީގެ ކުރިން ހުންނެވީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރެއްގެ ގޮތުގައެވެ. އޭނާ އެ ޕާޓީން ވަކިވެވަޑައިގެންނެވީ މިދިޔަ އޮގަސްޓު 21 ގައެވެ. އެއަށްފަހު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *