Saturday, 22 June 2024

މުޢިއްޒުގެ ވަޢުދެއް މިސަރުކާރުން ފުއްދެވުމުން، ތިނަދޫ ސިޓީއަށް މުޢިއްޒު މަރުޙަބާ ދަންނަވައިފި

އެމަނިކުފާނު ތިނަދޫ ސިޓީއަކަށް ހަދައިދޭނެ ވާހަކަ ވިދާޅުވުމުން އެކަން ވެފައިވާތީ، ތިނަދޫ ސިޓީއަށް، ޕީިޕީއެމް ޕީއެންސީގެ ރިޔާސީ އިންތިޚާބު ޑރ. މުޙައްމަދު މުޢިއްޒު ތިނަދޫގެ ރައްޔިތުންނަށް މަރުޙަބާ ދަންނަވައިފިއެވެ.

އެމަނިކުފާނު ތިނަދޫ ރައްޔިތުންނަށް މަރުޙަބާ ވިދާޅުވެފައިވަނީ، މިރޭ ތިނަދޫގައި ބޭއްވި އެމަނިކުފާނުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑު ކުރިންވެސް ދެންނެވިން އިރާދަކުރެއްވިއްޔާ ތިނަދޫ ސިޓީއަކަށް ހަދައިދޭނެވާހަކަ. އިރާދަކުރެއްވިއްޔާ އެކަން މިވަނީ ވެފައި. އެހެންވީމާ ތިނަދޫ ސިޓީއަށް މަރުޙަބާ ދަންނަވަން!"

މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ، ހަމައެކަނި ނަންބޯޑު ބަދަލު ކޮށްލުމަކުން ސިޓީއެއްގެ ގޮތުގައި ފުރިހަމައެއް ނުވާނެ ކަމަށާއި، އެމަނިކުފާނު އެކަން ކޮއްފައި ދައްކާނީ ޢަމަލުން ކަމަށާއި، އެސިޓީއަކީ ތަރައްޤީގެގޮތުން ފެންވަރު ރަނގަޅު ސިޓީއަކަށް ހަދައިދެއްވާނެ ކަމަށެވެ.

ނުހެދިހުރި ހުރިހާ މަގެއްގައި ތާރުއަޅައި ރަނގަޅު ފެންވަރަކަށް ހަދައިދޭނެ ކަމަށް ފާހަގަކުރައްވަމުން، ހިއްކިބިމުގެ ލޭންޑްޔޫޒް ޕްލޭން ހަދައި ހުރިހާ އިންފްރާސްޓްރަކްޗަރއެއް ޤާއިމް ކޮށްދޭނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ

"އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެދަށުން ހިއްކިބި ބިމާ އަދި އެހެނިހެން ސަރަޙައްދުތައް ބަލައި، ލޭންޑް ޔޫޒް ޕްލޭންގެ ދަށުން 1000 ހައުސިންގ ޔުނިޓު ޤާއިމް ކޮށްދޭނަން. އެއީ ތިނަދޫ ރައްޔިތުންނަށް ޚާއްޞަ އަދި އެހެން ރައްރަށުގެ ރައްޔިތުންނަށް ވެސް ފުރުޞަތު އޮތް ތަނެއްގެ ގޮތުގައި ހަދައިދޭނަން."

މުޢިއްޒު ވިދާޅުވިއެވެ.

ކާޑެއްދޫ އެއަރޕޯޓަކީ ފުރިހަމައަށް ތަރައްޤީ ކުރެވިފައިވާ އިންޓަރނޭޝަނަލް އެއަރޕޯރޓަކަށް ހަދައިދޭނެ ކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ކޮށްދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންނެވި ކަންތައްތަކުގެ ތެރޭގައި:

  • ހޮސްޕިޓަލަކީ މައިގަނޑު ހުރިހާ ޓްރީޓްމަންޓު ތަކެއްވެސް ދެވޭފެންވަރުގެ އަދި ނުކުޅެދުންތެރިކަން ހުންނަފަރާތްތަކަށް ބޭނުންވާ ޚާއްޞަ ޓްރީޓްމަންޓުތައްވެސް ދެވޭފެންވަރުގެ ޓާޝިއަރީ ހޮސްޕިޓެއްގެ ގޮތުގައި ތަރައްޤީ ކުރުން.
  • ޒުވާނުންނަށް ބޭނުންވާ ހުރިހާ ކުޅިވަރުތަކެއް ފެސިލިޓޭޓުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، އަދި ހިއްކި ސަރަޙައްދުގައި ސައިކަލް ރޭސިންގ ހަދަން ބޭނުންވާކުދިންނަށް ޚާއްޞަތަނެއް ތަރައްޤީކުރުން.
  • ޒުވާނުން ބިނާކުރުމަށް އެންމެ މުހިއްމު އެއްކަމަކީ ފަންނީ ހުނަރު ދަސްކޮށްދިނުންކަމަށްވުމުން، މަސައްކަތުގެ ޢަމަލީ ތަޖުރިބާ ދީގެން ވަގުތުން ޖޮބްމާކެޓަށް ދެވޭނެ ނިޒާމު ޤާއިމް ކުރުމުގެ ގޮތުން އެރަށުގައި ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން ވޮކޭޝަނަލް ޓްރެއިނިންގ ސެންޓާރެއް ޤާއިމް ކުރުން.
  • ޓޫރިޒަމް ފުޅާކުރުމުގެ ގޮތުން އެސަރަޙައްދުގައިވެސް ބެޑްކެޕޭސިޓީ އިތުރުރުކުރުމަށް އިސްކަން ދިނުން.
  • އެސިޓީއަކީ ޙަޤީގަތުގައިވެސް އެސިޓީގެ ރައްޔިތުން އަދި އެ އަތޮޅުގެ ރައްޔިތުން ފަޚުރުވެރިވާފަދަ ތަނަކަށް ހެދުން

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު