15 ޖަނަވަރީ 2025

އިމްރާން ޖަލަށްދާން ޖެހިދާނެތީ ރޫރޫއަޅައިފި

ޕީޕީއެމްގެ ރައީސް ޔާމީންގެ ވެރިކަމުގައި ޖަލަށް ލި ބޭފުޅުން އެމްޑީޕީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް، އިސްލާމްދީނުގެ އުސޫލުތައް ދެމެހެއްޓުމަށް ނުކުޅެދިފައިވާ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން މިރޭ އެދިއްޖެއެވެ. އޭނާ މިހެން އެދުނީ، ރޫރޫ އަޅާ ޙާލުގައި ހުންނަވައިގެންނެވެ.

ޝެއިޚް އިމްރާން މިހެން ވިދާޅުވީ، ޗާންދަނީ މަގުގައި ބޭއްވި ރައީސް ޞާލިޙްގެ ކެމްޕެއިން ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް އިމްރާން ވަނީ ޔާމީންގެ ވެރިކަމުގައި ޖަލަށް ލި ބޭފުޅުންނާއި ކޯޓުތަކުގައި އޭރު ކަންކަން ހިނގަމުންދިޔަ ގޮތް ރޫރޫ އަޅާފަދަ މޭރުމަކުން ސިފަކުރައްވާފައެވެ.

އިމްރާން ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ޤާސިމް އިބްރާހިމް ވެސް އަލުން އެނބުރި ޖަލަށް ވަޑައިގަންނަވަން ބޭނުންވެވަޑައިނުގަންނަވާނެ ކަމަށެވެ.

އިމްރާން ވަނީ އެމްޑީޕީގެ އެތެރޭގެ ކަންކަމަށް ބެހިވަޑައިގަންނަވަން މަސައްކަތް ކުރައްވާފައެވެ. އޭނާ ވިދާޅުވީ 2008 ގައި އުފެއްދި އެމްޑީޕީގެ ވެރިކަން ތިން އަހަރުގެ ތެރޭގައި ވެއްޓި، އޭގެ ފަހުން 2013 ގައި ކުރިމަތިލާން ޖެހުނީ ދަތި އުނދަގޫތަކާކަމަށެވެ. 2018 އަހަރުގެ އިންތިހާބާ ހަމައަށް ޖަލުގައި ތިބެން ޖެހުމާއި އެމްޑީޕީ އަށް ޕީޕީއެމުން ކުރި އުނދަގުލާއި ފިއްތުންތަކުގެ ވާހަކަ ވެސް އިމްރާން ވިދާޅުވިއެވެ.

މިހެން ވިދާޅުވިއިރު، އިމްރާނަކީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރު ވައްޓާލުމުގައި އިސް ރޯލެއް އަދާކުރައްވާފައިވާ، އެމްޑީޕީގެ ބަހުރުވައިންނަމަ، "ބަޣާވާތު"ގެ ލިސްޓުން ޖާގަ ހޯއްދަވާފައެވެ.

ޕީޕީއެމްގެ ނިންމުންތައް އެނގޭ ކަމަށް ވިދާޅުވެ، ޣައިބުގައިވާ ކަންކަން އެނގޭކަމަށް ދަޢުވާ ކުރާ އިމްރާން ވިދާޅުވީ، އެއިން އެއްވެސް ނިންމުމެއްގައި ރައްޔިތަކަށް ހެޔޮހިތުން އިހުލާސްތެރިކަމާ އެކު ބޭނުންވާތަން ނުފެންނަ ކަމަށާއި ފެންނަނީ ހަމައެކަނި ބަދަލު ހިފުމަށް މަސައްކަތް ކުރާ ތަން ކަމަށެވެ.

"އިސްލާހަށްޓަކައި ނުކުތް އެއްވެސް ރައްޔިތަކަށް ހަމަޖެހިލައިގެން ގެއަކު ނީނދެވޭނެ. އެންމެން ތިބޭނީ ޖަލުގައި،"

ރޫރޫ އަޅާ ޙާލު އިމްރާން ވިދާޅުވިއެވެ.

މީގެ ކުރިން އިމްރާން ވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފި ނަމަ، އޭނާގެ ވެރިކަމުގައި ޖަލަށް ލާނެ މީހުންގެ ލިސްޓެއް ތައްޔާރު ކޮށްފައިވާ ކަމަށް ވެސް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު