Thursday, 18 April 2024

ދޮންމަންމަ ކާޑް: މުއިއްޒުއާ ޒާތީގޮތުން ޖައްސާލުމުގެ ނަތީޖާ ހިތި: ޒައިދު

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ ޒާތީގޮތުން ޖައްސާލުމުގެ ނަތީޖާ މިއަދު ފެންނަމުންދާ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޠާ ޝެއިހް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުވަހެއް ދުވަހަކަށް ޑރ. މުއިއްޒަށް ވޯޓު އިތުރުވާތަން ފެންނަމުންދާ ކަމަށާއި، މިއީ ވަރަށް އުފާކުރާ ކަމެއް ކަމަށް ވިދާޅުވިއެވެ.

"މި ފެންނަނީ މުއިއްޒާއި ޒާތީގޮތުން ޖައްސާލުމުގެ ނަތީޖާ."
ޒައިދު ވިދާޅުވިއެވެ.

ދިވެހި ޤައުމަށް ހައިލީ އެޑިއުކޭޓެޓް ބޭފުޅެއް ހުއްޓާ އެހެން ޗޮއިސްއެއް އިޚްތިޔާރެއް ނުކުރެވޭނެ ކަމަށް ވެސް ޒައިދު ވިދާޅުވެފައިވެއެވެ.

"ދޮންމަންމަ ކާޑް! ޑރ. މުޢިއްޒުގެ ދޮންމަންމައަށް މިހެން ހެދިއްޔޭ އެހެން ހެދިއްޔޭ ކިޔައިގެން މިކިޔާ ވާހަކަތަކާ ގުޅިގެން މީގެމަހެއް ކުރިން ސަރުކާރަށް ނިސްބަތްވާ ވ އިސް ބޭފުޅެއްގެ ކައިރިން އެހިން. އޭނާ ވިދާޅުވީ މުޢިއްޒޭ ކިޔައިގެން އެ ފަތުރަނީ ވާހަކަ އޮޅުވާލައިގެންކަމަށް."

ޒައިދު ވިދާޅުވިއެވެ.

ޝެއިހް ޒައީދަކީ ޑރ. މުއިއްޒަށް ތާޢިދު ކުރައްވާ ބޭފުޅެއް ނަމަވެސް މީގެކުރިން ރައީސް ޞާލިޙަށް ތާޢީދުކުރައްވަމުން ގެންދެވިއެވެ. އަދި އޭނާގެ ރަޙްމަތްތެރިޔާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ޑރ. މުޙައްމަދު އިޔާޒަކީ ރައީސް ޞާލިޙަށް ތާޢީދުކުރައްވާ އަދާލަތު ޕާޓީގެ އެކްޓިވިސްޓެކެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުން 46 އިންސައްތަ ހޯދައި މުއިއްޒު ވަނީ 36 އިންސައްތަ ލިބިވަަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މައްޗަށް ކުރި ހޯއްދަވާފައެވެ.

އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ޡައިދު މެންނަށް މިއަދު ތިކަންކްން އޯކޭ ވާނެ. މިއަދު ޒައިދުއަކަށް ވެސް ނުބުނެވޭނެ މުއިއްޒުގެ ޒައާމަތުގަ މަރުގެ ހުކުމް މިރާއްޖޭގަ ތަންފިޒު ކުރާނެޔޭ. މިއަދު ލަވަޔާ މިއުޒިކުވެސް އޯކޭ ވާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *