ދ. މީދޫ ދާއިރާގެ މެންބަރުގެ ލީޑަރު ކަމުގެ ދަށުން ހިންގާ އެމްޑީއޭއިން އެމްޑީޕީއާއިއެކު ހެދި ކޯލިޝަން ރޫޅާލައި އިދިކޮޅުގެ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރުމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫންކަން ލަސްތަކެއް ނުވެ ފެނިގެންދާނެ ކަމަށް ވިދާޅުވެ ދިވެހި ބަހުގެ "މުހާވިރާއެއް" އެމްޑީޕީގެ ރިޔާސީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މިއަދު ވިދާޅުވެދެއްވައިފިއެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވީ، އައްޑޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ޞާލިޙް ވިދާޅުވީ ފުރަތަމަ ބުރުގައި އެ ޕާޓީއާއިއެކު ތިބި ބައެއް ފަރާތްތަކުން ދުރަށް ޖެހުމުން ބައެއް ބޭފުޅުން މާޔޫސްވެފައި ތިބި ކަމަށާއި، އެމްޑީއޭ އިން އެ ޕާޓީ ދޫކޮށް ދިޔަނަމަވެސް އެކަމާ ކަންބޮޑުނުވުމަށެވެ.
" އަޅުގަނޑުމެންނަށް އެނގޭ އެ ބޭފުޅުން އަޅުގަނޑުމެންނަށް ކުރީ ބުރުގައި ކޮށްދެއްވި މަސައްކަތްތައް. އެކަމަށް ޝުކުރު ވެސް އަދާކުރަން. އެ ބޭފުޅުންނަށް ހެޔޮ ރަނގަޅު މުސްތަގްބަލަކަށް ވެސް އެދެން."
ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވިއިރު، އެމްޑީއޭ އިން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ އެމްޑީޕީއާ އެކުގައި އެމްޑީއޭ އިން ހެދި ކޯލިޝަން ރޫޅާލައި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މުއިއްޒަށް ތާއީދު ކުރަން ފާސްކޮށްފައެވެ.
ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ، އެމްޑީޕީގެ އުންމީދުތައް ވަރަށް ފޮނި ކަމަށާއި ވަރަށް އުޖާލާ ކަމަށާއި، އަދި އެމްޑީއޭއިން އެ ނިންމެވުން އެއީ ރަނގަޅު ނިންމެއް ނޫންކަން ލަސްތަކެއް ނުވެ ފެންނިގެންދާނެ ކަމަށެވެ.
"ދިވެހިންގެ ތެރޭގައި ބުނެއުޅޭ މުހާވަރާ ބަހެއް އޮވޭ އަންނަ އެއްޗެހިގެ ތެރޭގައި ދާ އެއްޗެހި ހުންނާނެއޭ ކޮންމެވެސް ވަރަކަށް. އެެހެންވީމަ އެކަހަލަ ކަންތައް ދިމާވާނެ."
ރައީސް ވިދާޅުވިއެވެ.
އެކަމާ ކަންބޮޑުނުވެ ކުރިއަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވަމުން، އެމްޑީޕީ އަށް ކާމިޔާބު ލިބޭނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
އަންނަ އެއްޗެތީގެ ތެރޭގައި ދާއެއްޗެތި ވެސް ހުންނާނެ…..؟ މީހުންނާ ދިމާއަށް އެއްޗެހި ގޮވާނީ…….!!!
ބޯގޯސް ސޯލިހްގެ މުހާވަރާ ބަހެއް ނޫން އެއަކީ އެހެން ބޭފުޅެއްގެ ބަސް ސޯލިހް ބޭނުން ކުރީ . ޝިޔާމް ކަންތައް ކުރީ ރަގަޅަކަށް ނޫން . މީހެއްގެ ވިއްޔާ ގޮތެއް ހުންނަންވާނެ . މީހެ މަހެއް ކުރިން އިބޫސާލިހަކީ
މާމުއި ހަތައަކަށްވެފަ މިހާރު މިހެދީ ފަތަފޮޅިދަށުލީ ފަތް ގަނޑަށް. ޣަރަހިތައެކޭ އެއްގޮތް އިރު އިރު ކޮޅުން ކޮޅު ބަދަލު ކުރުން. ފުރަތަމަ ބުރުން މުއިއްޒުއަށް ކުރި ލިބުނީމަ އެކޮޅަށް ދުއްވައިގަތީ. މަގާތަށް ހިނި އަންނާނީ ދެވަނަ ބުރު އިބޫ ސާލިހް ކާމިޔާބް ކޮށްފިއްޔާ