ޝަހީމްގެ ރައްދެއް ޝާހިދަށް: ބައިގަރުނު ފުދިއްޖެ، ސިޔާސީ މަސްރަހުން އެކަހެރިވެވަޑައިގަންވާ!

ފޮރިން މިނިސްޓަރ ޝާހިދު ދެން ރަނގަޅުވާނީ ސިޔާސީ މަސްރަހުން އެކަހެރިވެވަޑައިގެން އެމްޑީޕީގެ ކުރީ ސަފަށް އެމްޑީޕީގައި ތިބި ތައުލީމީ ޒުވާނުންނަށް ޖާގަ ދިނުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އުތުރު ތިލަފަޅޭ ކިޔައިގެން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ދައްކަނީ ހޮޅި ވާހަކައެއް ކަމަށާއި އެ މީހުން އުޅެނީ ކޯސްޓްގާނޑަށް އެކަށީގެންވާ ބަނދަރެއް ލިބިދާނެތީ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެ، ދެއްކެވި ވާހަކަފުޅަކަށް ރައްދުދެއްވައި ދެންމެ ކުރެއްވި ޓްވިޓެއްގައެވެ.

ޝަހީމް ވިދާޅުވީ، ރާއްޖޭގައި ހަރުދަނާ އޮޕޮޒިޝަނެއް އޮތުން މުހިންމު. ރައީސް މައުމޫނުގެ ވެރިކަމާއި އެމްޑީޕީގެ 2 ވެރިކަންވެސް ހަލާކުކޮށްލީ ޝާހިދުމެން ކަމަށެވެ.

"ޝާހިދު ދެން ރަނގަޅުވާނީ ސިޔާސީ މަސްރަހުން އެކަހެރިވެވަޑައިގެން އެމްޑީޕީގެ ކުރީ ސަފަށް އެމްޑީޕީގަ ތިބި ތައުލީމީ ޒުވާނުންނަށް ޖާގަ ދިނުން. ރާއްޖޭގައި ހަރުދަނާ އޮޕޮޒިޝަނެއް އޮތުން މުހިންމު. ރ މ. ގެވެރިކަމާއި އެމްޑީޕީގެ 2 ވެރިކަންވެސް ހަލާކުކޮށްލީ ޝާހިދުމެން. ބައިގަރުނު ފުދިއްޖެ!"

ޑރ. ޝަހީމް، ފޮރިން މިނިސްޓަރ ޝާހިދަށް ރައްދުދެއްވައި ވިދާޅުވިއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އައްޑޫ ސިޓީ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު ހެނދުނު ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އައްޑޫއަށް އެކި ސަރުކާރުތަކުން އިހުމާލްވެފައިވާ ކަމަށެވެ. އަދި އެކަން އެ ސިޓީގެ ރައްޔިތުން ހަނދާން ހުންނާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. ރައީސް ޞާލިހްގެ ފަސް އަހަރުގެ ތެރޭގައި އައްޑޫ ހިމެނޭހެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ މަޝްރޫތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ހުރިހާ ރައްޔިތުން ހެކިވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އުތުރު ތިލަފަޅޭ ކިޔައިން ދައްކަމުންދާ ވާހަކައަކީ ވެސް ހޮޅި ވާހަކަތަކެއް. އެ އެއުޅެނީ އަޅުގަނޑުމެންގެ ފަހުރުވެރި ސިފައިންނަށާއި ކޯސްޓްގާނޑުގެ އުޅަނދުތަކުގައި ތިބި ފަޅުވެރިންނަށް އެކަށީގެންވާ ބަނދަރެއް ލިބިދާނެތީ އެކަމަށް ހުރަސް އަޅަން."

ޝާހިދު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ޝަހީމުވެސް ދެން ރަނގަޅުވާނީ ސިޔާސީ ކަންކަމާދުރުވެ ދީނީ ކަންކަމުގަ އުޅުނިއްޔާ. ވަރަށް ގިނަ ޕާޓީތަކުގަ އުޅެވިއްޖެ. ވަގެއްގެ ފަހަތުގަ ހުރެވިއްޖެ. މީހަކަށް ބަދުދުޢާ ވެސް ކުރެވިއްޖެ. ވަރަށް ސަޅާމް!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު