ރައްޔިތުންގެ މަޖިލީހުގެ އައްޑޫގެ ކުރީގެ މެންބަރު ހިޔަލީ މުޙައްމަދު ރަޝީދު، ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުއަށް ތާޢީދުކުރައްވައިފިއެވެ.
އޭނާ ޑރ. މުޙައްމަދު މުޢިއްޒުއަށް ތާޢީދުކުރައްވާ ކަން ހާމަވެފައި މިވަނީ އެމަނިކުފާނުގެ ކެންޕެއިން ދަތުރުފުޅެއްގައި އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ހިޔަލީ މުޢިއްޒުއަށް ތާޢީދު ކުރައްވަފައިވާއިރު، އޭނާ އަކީ އެމްޑީޕީގެ ކުރީގެ ރައީސް ދާދިފަހުން އުފެއްދެވި ޑިމޮކްރެޓްސްގެ ޙަރަކާތްތަކުން ފެނިގެން ގޮސްފައެވެ. އަދި އޭނާއަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް 2018 ގައި ވެރިކަމަށް ގެންނަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަން ފާހަގަކުރެވެއެވެ.
ހިޔަލީ މުޢިއްޒުއަށް ތާއީދުކުރެއްވުމަށް އައްޑޫގައި ޙަރަކާތްތެރިވެވަޑައިގަންވަމުންދާއިރު، ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙައްމަދު މުނައްވަރުވެސް ޑރ. މުޙައްމަދު މުއިއްޒުގެ ކެމްޕެއިންގައި ޙަރަކާތްތެެރިވެވަޑައިގަންނަވަމުން ދާކަން ފާހަގަކުރެވެއެވެ.
ހަމައެހެންމެ، އެމްޑީއޭ އިން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ އެމްޑީޕީއާ އެކުގައި އެމްޑީއޭ އިން ހެދި ކޯލިޝަން ރޫޅާލައި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މުއިއްޒަށް ތާއީދު ކުރަން ފާސްކޮށްފައެވެ.
ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ، އެމްޑީޕީގެ އުންމީދުތައް ވަރަށް ފޮނި ކަމަށާއި ވަރަށް އުޖާލާ ކަމަށާއި، އަދި އެމްޑީއޭއިން އެ ނިންމެވުން އެއީ ރަނގަޅު ނިންމެއް ނޫންކަން ލަސްތަކެއް ނުވެ ފެންނިގެންދާނެ ކަމަށެވެ.
"ދިވެހިންގެ ތެރޭގައި ބުނެއުޅޭ މުހާވަރާ ބަހެއް އޮވޭ އަންނަ އެއްޗެހިގެ ތެރޭގައި ދާ އެއްޗެހި ހުންނާނެއޭ ކޮންމެވެސް ވަރަކަށް. އެެހެންވީމަ އެކަހަލަ ކަންތައް ދިމާވާނެ."
ރައީސް ވިދާޅުވިއެވެ.
އެކަމާ ކަންބޮޑުނުވެ ކުރިއަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވަމުން، އެމްޑީޕީ އަށް ކާމިޔާބު ލިބޭނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުުރުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން، މަޝްހޫރު ވިޔަފާރިވެރިޔާ ސަންޓްރެވެލް ޝިޔާމް ލީޑަރުކަމުގެ ދަށުން ހިންގަވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ކައުންސިލުން ރޭ ވަނީ ނިންމަވާފައެވެ.