18 ޖަނަވަރީ 2025

އެމްޑީއޭއިން ޑރ. މުޢިއްޒަށް ތާޢީދުކުރަން ނިންމުމުން، ޕީޕީއެމްއިން މަރުޙަބާ ކިޔައިފި

ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދު ކުރައްވަން އެމްޑީއޭއިން ނިންމެވުމާއި ގުޅިގެން އެކަން ބަލައިގަނެ، ޕީޕީއެމް-ޕީއެންސީއިން މަރުޙަބާ ދަންނަވައިފިއެވެ.

ޕީޕީއެމް ކޯލިޝަނުން މިރޭ ނެރުނު ބަޔަނެއްގައި ވަނީ، 2023 ސެޕްޓެމްބަރ 30 ވާ ހޮނިހިރު ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެ ކޯލިޝަންގެ އަދި ދިވެހީންގެ ރިޔާސީ ކެންޑިޑޭޓް ޑރ، މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ރަނިންގ މޭޓް ޙުސައިން މުޙައްމަދު ލަޠީފަށް ތާއީދު ކުރައްވަން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ނިންމެވި ނިންމެވުން އެކޯލިޝަންގެ އެންމެހާ މެންބަރުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށެވެ.

އަދި އެމްޑީއޭއިން އެކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންގ މޭޓަށް ތާއީދު ކުރައްވަން ނިންމަވާފައިވާތީ، މިކޯލިޝަންގެ ލީޑަރު ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން ޢަބްދުލްޤައްޔޫމާއި، ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި، ރަނިންގ މޭޓް ޙުސައިން މުޙައްމަދު ލަޠީފާއި، މިކޯލިޝަންގެ ލީޑަރޝިޕާއި ޢާންމު މެންބަރުގެ ފަރާތްޕުޅުން އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމާއި، އެމްޑީއޭގެ ލީޑަރޝިޕް އަދި ކައުންސިލާއި އެންމެހާ މެންބަރުންނަށް މަރުޙަބާ ދަންނަވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އެމްޑީއޭ އިން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ އެމްޑީޕީއާ އެކުގައި އެމްޑީއޭ އިން ހެދި ކޯލިޝަން ރޫޅާލައި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މުއިއްޒަށް ތާއީދު ކުރަން ފާސްކޮށްފައެވެ.

ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ، އެމްޑީޕީގެ އުންމީދުތައް ވަރަށް ފޮނި ކަމަށާއި ވަރަށް އުޖާލާ ކަމަށާއި، އަދި އެމްޑީއޭއިން އެ ނިންމެވުން އެއީ ރަނގަޅު ނިންމެއް ނޫންކަން ލަސްތަކެއް ނުވެ ފެންނިގެންދާނެ ކަމަށެވެ.

"ދިވެހިންގެ ތެރޭގައި ބުނެއުޅޭ މުހާވަރާ ބަހެއް އޮވޭ އަންނަ އެއްޗެހިގެ ތެރޭގައި ދާ އެއްޗެހި ހުންނާނެއޭ ކޮންމެވެސް ވަރަކަށް. އެެހެންވީމަ އެކަހަލަ ކަންތައް ދިމާވާނެ."

ރައީސް ވިދާޅުވިއެވެ.

އެކަމާ ކަންބޮޑުނުވެ ކުރިއަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވަމުން،  އެމްޑީޕީ އަށް ކާމިޔާބު ލިބޭނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުުރުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން، މަޝްހޫރު ވިޔަފާރިވެރިޔާ ސަންޓްރެވެލް ޝިޔާމް ލީޑަރުކަމުގެ ދަށުން ހިންގަވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ކައުންސިލުން ރޭ ވަނީ ނިންމަވާފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު