ޑރ. ޝަހީމްގެ ޝުކުރު ނޫސްވެރިންނަށް: ތިޔަ ކޮށްދެއްވީ ޤައުމު ފަޚުރުވެރިވާ ފަދަ ޚިދުމަތެއް

ޑރ މުއިއްޒުގެ ކެންޕެއިނަށް އަތޮޅުތަކަށް ކުރި ދަތުރުތަކުގައި ކެންޕެއިންގެ ހަރަކާތްތައް ކަވަރކުރުމަށް ދަތުރުތަކުގައި ބައިވެރިވި ނޫސްވެރިންގެ ޓީމަށް، ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ޑރ. މުޙައްމަދު މުޢިއްޒުގެ ކެމްޕެއިންގައި ފޯރީގައި ބައިވެރިވެވަޑައިގަންނަވާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޝުކުރު އަދާކުރައްވައިފިއެވެ.

ނޫސްވެރިންގެ ޓީމަށް ޝުކުރުއަދާކުރައްވާ ޝަހީމްކުރެއްވި ޓްވީޓްގައި ވަނީ، ޑރ މުއިއްޒުގެ ކެންޕެއިނަށް އަތޮޅުތަކަށް ކުރި ދަތުރުތަކުގައި ކެންޕެއިންގެ ހަރަކާތްތައް ކަވަރކުރުމަށް ދަތުރުތަކުގައި ބައިވެރިވި ހީވާގި މުރާލި ހިތްވަރުގަދަ ޒުވާން ނޫސްވެރިންގެ ޓީމަށް ނިހާޔަތަށް ޝުކުރު ދަންނަވާ ކަމުގައެވެ.

"ތިޔަ ކޮށްދެއްވީ ޤައުމު ފަޚުރުވެރިވާ ފަދަ ޚިދުމަތެއް." 

ޑރ. ޝަހީމް ވިދާޅުވިއެވެ.

މުޢިއްޒުއާ ދެކޮޅަށް އެމްޑީޕީއިން ހިންގާ އެންޓިކެމްޕެއިނަށް ޢިޝާރަތްކުރައްވައި، ޑރ. ޝަހީމް ވިދާޅުވެފައިވަނީ، މުއިއްޒަކީ އެއްވެސް ބޭފުޅަކަށް އަނިޔާއެއް ދެއްވާނެ ބޭފުޅެއް ނޫން ކަމަށާއި، އެ ބޭފުޅާއަކީ އިސްލާމީ ތަރުބިއްޔަތު ލިބިވަޑައިގެން ތައުލީމީ އާއިލާއެއްގެ ތެރެއިން ނިކުމެ ވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން މުއިއްޒު އެއްވެސް ބޭފުޅަކަށް އަނިޔާވެރިވާތީ ކިހިނެއްތޯ ސުވާލު ކުރެއްވިއެވެ.

އަދި މުއިއްޒުގެ ވެރިކަން ވެގެންދާނީ ރާއްޖޭގެ ތާރީހު ދެކޭނެ އެންމެ އަދުލުވެރި އެންމެ އިންސާފުވެރި ވެރިކަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަޝްހޫރު ދީނީ ޢިލްމުވެރިޔާ، އަދި އިސްލާމިކް މިނިސްޓްރީގެ ހިންގުމަށް ބޮޑު އިންގިލާބެއް ގެނެސްދެއްވީ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމް ވިދާޅުވަނީ ބޭނުންވަނީ މި ޤައުމުގެ ދައުލަތުގެ ޒައާމަތުގައި ޒަމާނީ ތައުލީމް ލިބިވަޑައިގެންފައިވާ ބޭފުޅަކު ހުންނެވުމަށް ކަމަށާއި އެ ބޭފުޅަކީ މުއިއްޒު ކަމަށެވެ.

އިރާދަކުރެއްވިއްޔާ ނޮވެމްބަރު 17 ވަނަ ދުވަހު ރައީސް ކަމުގެ ހުވާ ކުރައްވާނީ މުއިއްޒު ކަމަށް، ޑރ. ޝަހީމް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު