30 އެޕްރީލް 2025

މަހްމޫދު ޝައުޤީގެ ތާއީދު މުޢިއްޒަށް، ވިދާޅުވީ މުޢިއްޒުއަކީ ޚުލްޤްހެޔޮ ބޭފުޅެއްކަމަށް

ރިޔާސީ އިންތިޚާބުން ފުރަތަމަ ބުރުން ނާކާމިޔާބީއާ ކުރިމަތިލެއްވި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ޤާސިމް އިބްރާހިމްގެ ސީނިއާ އެޑްވައިޒަރު ޑރ.މަހުމޫދު ޝަފީގް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.

ޑރ.ޝަޢުޤީ ވިދާޅުވެފައިވަނީ މުއިއްޒަށް ތާއީދު ކުރެއްވުމަށް ނިންމެވީ ވަރަށް ގިނަ ކަންތައްތަކާމެދު ވިސްނެވުމަށްފަހުގައި ކަމަށެވެ.

ގިނަ ދުވަސްތަކެއް ވަންދެން ތަޢުލީމީ ދާއިރާގައި އުޅުއްވި އަދި ރައީސް މައުމޫނުގެ ޒަޢާމަތުގައި ޓޫރިޒަމް މިނިސްޓަރ ކަންވެސް ކުރެއްވި ޑރ. ޝައުޤީ ވިދާޅުވި ގޮތުގައި އޭނާ މިގޮތަށް ނިންމީ ދެ ކަމަކަށް ބަލައި ވިސްނާފައި ކަމަށާއި، ޖޭޕީގެ ކެންޑިޑޭޓް ޤާސިމް އިބްރާހިމާއި އޭނާ ގަބޫލު ކުރައްވާ އުސޫލުތަކާއި ސިޔާސަތު ބޮޑަށް ގެންގުޅުއްވަނީ ކޮން ބޭފުޅެއްތޯ ބެއްލެވިއިރު ރައީސް ޞާލިހަށްވުރެ މުއިއްޒު ރަނގަޅު ކަމަށް ފެނިވަޑައިގެންނެވި ކަމަށެވެ.

ރާއްޖޭގެ މިނިވަންކަމާއި ދަރަނީގެ ވާހަކަތައް އެންމެ ބޮޑަށް ދައްކާ ކެންޑިޑޭޓަކީ މުއިއްޒުކަން ފާހަގަކުރައްވަމުން މަހްމޫދް ޝައުޤީ ވިދާޅުވީ، ޤާސިމް އިބްރާހިމްގެ ކެމްޕެއިނުގައި އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކައަކީ ރާއްޖޭގެ މިނިވަންކަމުގެ ވާހަކަ ކަމަށެވެ.

މުއިއްޒަކީ ތައުލީމީ އަދި ތަޖުރިބާ ލިބިފައި ހުރި ބޭފުޅެއް ކަމަށާއި މީގެ ކުރިންވެސް ސަރުކާރުގެ އިސް މަގާމުތައް ފުރުއްވައި ނަތީޖާ ނެރެދީފައި ހުންނެވި ބޭފުޅެއްކަން ފާހަަގަކުރައްވައި،   މުއިއްޒަކީ ދިވެހިވަންތަ ދިރިއުޅުމެއް އުޅުއްވާ އަޚުލާޤް ރަނގަޅު ޚުލްޤްހެޔޮ ބޭފުޅެއްކަމަށް އޭނާ ވަނީ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު