އައްޑޫގައި 81 އަހަރުގެ މީހަކު ބަނދެ، އަނިޔާކޮށްފި

އައްޑޫ ސިޓީ މަރަދޫގައި 81 އަހަރުގެ މީހަކު ދިރިއުޅޭ ގެއަކަށް މީހަކު ވަދެ އެ މީހާ ބަނުމަށްފަހު ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަަށައިފިއެވެ.

މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، އެ މައްސަލައިގެ ރިޕޯޓު ފުލުހަށް ލިބިފައި ވަނީ، މިއަދު ހެނދުނު 06:12 ހާއިރު ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ އަނިޔާ ލިބިފައި ވަނީ ދިވެހި ފިރިހެނަކަށް ކަމަށާއި، އޭނާ ބަނދެފައި ހުއްޓާ ސަލާމަތްވާން މަސައްކަތް ކުރުމުގެ ތެރޭގައި އަތުގެ މުލައްދަނޑިއަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ވާކަމަށެވެ.

މަޢުލޫމާތު ލިބޭގޮތުން، އެ މީހާއަށް މިހާރު ދަނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން 50 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށާއި، މި މައްސަލަ މިހާރު ތަހުޤީޤު ކުރާކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު