16 ފެބުރުވަރީ 2025

އިދިކޮޅު ކެންޑިޑޭޓުގެ ކެމްޕެއިން ނިންމުން ބޮޑު ހިނގާލުމަކުން މިއަދު ހަވީރު

އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ނިންމާލުމުގެ ގޮތުން ބާއްވާ ބޮޑު ހިނގާލުން މިއަދު ހަވީރު އޮންނާނެ ކަމަށް އެ ކޯލިޝަނުން ވިދާޅުވެއްޖެއެވެ.

އެ ހިނގާލުން ކުރިއަށްދަނީ މިއަދު ހަވީރު މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ކަމަށް އެ ކޯލިޝަނުން މައުލޫމާތު ދެއްވައެވެ.

މާލޭގައި ބާއްވާ މިހިނގާލުން ފަށާނީ އާރޓްފިޝަލް ބީޗް ޕީޕީއެމް އޮފީސް ކުރިމަތިން ކަމަށާއި، އަދި ހިނގާލުން މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ކުރިއަށް ގެންދާނެ ކަމަށާއި އެޕާޓީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަދެއްކެވުން އޮންނާނެ ކަމަށްވެސް ވިދާޅުވެއެވެ. އެބައި އޮންނާނީ އާރޓްފިޝަލް ބީޗުގައެވެ. މިއަދު ހަވީރު އޮންނަ ބޮޑު ހިނގާލުން  ފަށާނީ 3:45 ގައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މުއިއްޒުގައި މުޢިއްޒުގެ ކެމްޕެއިން ނިންމާލުމަށް މާލޭގައި ބޭއްވި ހިނގާލުމުގައިވެސް އެތައް ހާސް ރައްޔިތުން ވަނީ ބައިވެރިވެ، މަގުތައް ފުރާލާފައެވެ.

މިއަދުގެ ހިނގާލުމުގައިވެސް ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އެދިވަޑައިގަންނަވައެވެ.

މި ހިނގާލުމުގައި ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި، ކޯލިޝަން ޕާޓްނަރުންވެސް ބައިވެރިވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވާ ގޮތުގައި، އިންތިޚާބުގެ ކެމްޕޭން ކުރިއަށް ގެންދެވޭނެ އެންމެ ފަހު ވަގުތަކީ މިއަދު ހަވީރު 6 ޖެހުމާއި ހަމައަށެވެ. ހަމައެހެންމެ އިރުއޮއްސި 6 ގެ ފަހުން ކެމްޕޭން އެއްވެސް ހަރަކާތެއް ހިންގުމަކީ ޤާނޫނީ ގޮތުން ކުށެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު