Sunday, 06 October 2024

ބޭރުގެ ޤައުމެއްގެ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭނެ، އަޅުވެތިވިޔަ ނުދިނުމަށް މުއިއްޒު ހޮއްވަވާ: ޑރ. އިރުތިޝާމް

ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭނެ ކަމަށް ކުރީގެ ކުޅިވަރާބެހޭ ވަޒީރު ޑރ. އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ސޯޝަލް މީޑިޔާގައި މިއަދު ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ޑރ. އިރުތިޝާމް ވިދާޅުވީ، ރާއްޖޭގައި މިހާރު އެކިނަންނަމުގައި ފޮރުވިގެން ތިބި ބޭރުގައުމުތަކުގެ ސިފައިން އަނބުރާ ފޮނުވާލެވެންޖެހޭ ކަމަށާއި، އެއީ 'ނޮންނެގޯޝިއަބަލް' ކަމެއް ކަމަށެވެ.

"އެހެން ނޫނީ އަޅުގަނޑުމެންގެ މިނިވަންކަމުގެ ވާހަކަ ދައްކާނެކަމެއް ނެތް!."

ބޭރު ސިފައިން ރާއްޖޭގައި ތިބުމުގެ ނުރައްކާތެރިކަން ހާމަކުރައްވަމުން އިރުތިޝާމް ވިދާޅުވިއެވެ.

މިގައުމުގެ އަމިއްލަވަންތަކަން ހޯދޭނީ މިގައުމުގައި ތިބި ބޭރުސިފައިން ރާއްޖޭން ބޭރައްފޮނުވާލެވިގެން ކަމަށް ފާހަގަކުރައްވަމުން އިރުތިޝާމް ވިދާޅުވީ، މިކަން ކުރެވޭނީ ބޭރުމީހުންނަށް އަޅުވެތިވެފައިތިބި ސަރުކާރު ބޭރުކޮށް މުއިއްޒުފަދަ ރާއްޖޭގެ މަސްލަހަތު އިސްކުރައްވާ ވަތަނީ ލީޑަރެއް ވެރިކަމަށް ގެނެސްގެން ކަމަށެވެ.

"އިތުރަށް އަޅުވެތި ވިޔަ ނުދިނުމަށް މުއިއްޒު ހޮއްވަވާ."

އިރުތިޝާމް ވިދާޅުވިއެވެ.

ބޭރުދުނިޔޭގައި ޑިޕްލޮމެޓިކް ދާއިރާގައި މަސައްކަތްކުރައްވައި، ޖެނީވާގައި ހުންނަ ޔޫއެން ހިއުމަން ރައިޓްސް ކައުންސިލުގެ އެމްސެޑަރ، ޕާމަނަންޓް ރިޕްރެޒެންޓޭޓިވް އޮފް މޯލްޑިވްސް ޓު ޔޫއެން އޮފިސަސްގެ މަޤާމް އަދާކުރައްވައި ރާއްޖޭގެ ތަަސައްވުރު ފުރިހަމަގޮތެއްގައި ފޯރުކޮށްދެއްވުމަށް މަސައްކަތްތަކެއް ކުރެއްވި، ޚާރިޖީ ދާއިރާގެ ތަޖުރިބާކާރެއްކަމުގައިވާ ޑރ. އިރުތިޝާމް އަކީ ދިވެހިރާއްޖޭގެ މިނިވަންކަމުގެ ޙައްޤުގައި ޖެހިލުމެއްނެތި ބަސްފުޅު ވިދާޅުވާ ބޭކަނބަލެއްކަން ފާހަގަކުރެވެއެވެ.

އެކަމަނީ މީގެ ކުރިންވެސް ވިދާޅުވަމުން ގެންދެވީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ އެންމެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ބަޔަކަށް ދޫކޮށްލައްވައިފި ކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން އެކަމަނާ ވިދާޅުވީ، އަޅުގަނޑުމެންގެ ޤައުމުގައި ސުލްޙަ މަސްލަޙަތު ނުބެލެހެއްޓޭ ހިސާބަށްގޮސް ޤާނޫނު އަސާސީއާ ޚިލާފުވެގެން ދިވެހިރާއްޖޭގެ ސަރަހައްދު ގެއްލި، ދިވެހިރާއްޖޭގެ ސިޔާދަތާ މިނިވަންކަން ގެއްލޭނެ އެއްވެސް ކަމެއް ބޭނުމެއް ނުވާކަމަށެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު