7 ފެބުރުވަރީ 2025

ދޮންމަންމާފުޅަށް މުޢިއްޒު ވަރަށް ކަމޭހިތްތެވި، އެކަމަނާ އެދިވަޑައިގެންނެވި ހުރިހާ އެއްޗެއް ވެސް ދެއްވި: ސާޖިދާ

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޕީޕީއެމްޕީ އެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އޭނާގެ ދޮންމަންމާފުޅަށް ވަރަށް ކަމޭހިތްތެވި ކަމަށާއި ބައްޕާފުޅު އަވަހާރަވުމަށް ފަހު އެކަމަނާ އެދިވަޑައިގެންނެވި ހުރިހާ އެއްޗެއް ވެސް ދެއްވި ކަމަށް ޑރ. މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، މުއިއްޒުގެ ކެމްޕެއިނަށް އިއްޔެ ދ. މީދޫގައި ބޭއްވި ޖަލްސާއެއްގައެވެ.

ސާޖިދާ ވިދާޅުވީ، އާއިލީ މައްސަލަތަކުގެ ވާހަކަ އާންމު ތަންތަނުގައި ދައްކަން މުއިއްޒު ބޭނުންނުވާ ކަމަށާއި، ނަމަވެސް، ފިރިކަލުންގެ ދިފާއުގައި މިއަދު އެ ވާހަކަ ދައްކަން އޭނާއަށް މަޖުބޫރު ވެއްޖެ ކަމަށެވެ.

"ކެންޑީގައި ހުންނާނެ (މުއިއްޒުގެ) ބައްޕަގެ ގެސްޓް ހައުސްއެއް. ކޮލަމްބޯގައި ހުންނާނެ ގެސްޓް ހައުސްއެއް. އަދި އޭގެ އިތުރުން ބައްޕަ ގަނޑުވަރެއްގެ ގޮތުގައި ކޮލަމްބޯގައި ހަދާފައި ހުރި ގެއެއް ހުންނާނެ. އަދި ބައްޕަ ނިޔާވެގެން (ދޮންމަންމާފުޅު) އެކޮޅަށް ވަޑައިގަތުމުން މުއިއްޒު ގާތުގައި އެދުނީމާ 800،000ރ. ހަރަދުކޮށްފައި ބައްޕަގެ އެ ގޭގައި ޓެރަސް އަށް ކޮޓަރިއެއް އިތުރުކޮށް ހަދައިދިނީ މުއިއްޒުގެ ދެ އަތުން، މުއިއްޒުގެ އަމިއްލަ ލާރިން."

މުއިއްޒުގެ ދޮންމަންމައާ ބެހޭގޮތުން ރާއްޖޭގައި ނޫހެއްގައި ޝާއިޢުކޮށް ކުރަމުންދާ ތުހުމަތުތަކާ ގުޅޭ ގޮތުން ސާޖިދާ ވިދާޅުވިއެވެ

މުއިއްޒުގެ ބައްޕާފުޅު އަވަހާރަވީ 2015 ވަނަ އަހަރު ހައްޖުގެ އަޅުކަމަށް ވަޑައިގެން އުޅުއްވަނިކޮށް މައްކާގައެވެ. މުއިއްޒު ވެސް އެ ފަހަރު ހައްޖަށް ވަޑައިގަތެވެ.
ފެމެލީ ކޯޓުގައި ސްކީލަން އެދިވަޑައިގެންނެވި ގޮތަށް އަދި މުއިއްޒު ގާތުގައި އެދިވަޑައިގެންނެވި ގޮތަށް ސްކީލަން ބޭނުންފުޅުވި ހުރިހާ އެއްޗެއް ވެސް އޭނާއަށް ލިބިވަޑައިގެންނެވި ކަމަށް ސާޖިދާ ވިދާޅުވި އެވެ.
ސާޖިދާ ވިދާޅުވީ، އެ ބޭފުޅާ (މުޢިއްޒުގެ ދޮންމަންމާފުޅު) އެދުނީ އެންމެ ގޮތަކަށް، އެއީ ލަންކާގައި ހުރި ހުރިހާ އެއްޗެއް އަދި ބޭންކް އޮފް ސިލޯނުގައި ހުރި ހުރިހާ ލާރިއެއް ދޮންމަންމާފުޅަށް ދޭށޭ ކަމަށެވެ.
އޭނާ ވިދާޅުވީ ކޯޓުން މައްސަލަ ނިންމި ގޮތް އަދިވެސް ފެންނަން އޮންނާނެ ކަމަށާއި ހަގީގަތް އޮޅުވާ ނުލެވޭނެ ކަމަށެވެ.

"ހަގީގަތަށް ދަންނަވަނީ ނަމަ، ބިމުން ވެސް އެ ބޭފުޅާ (ދޮންމަންމާފުޅު) ނެންގެވީސް، ދިވެހިރާއްޖޭގެ ބިމަކުން ބޭރު މީހަކަށް ވާރުތަ ކުރެވެންޏާ. ނަމަވެސް، ބަންޑާރަ ބިމަކުން ނުލިބޭތީވެ، އެކަން އެހެން ނުވީ، އެހެން ނޫނީ އެވެސް ހިފައިގެން ކަންނޭނގޭ ދާނީ."

ސާޖިދާ ވިދާޅުވިއެވެ.

ސާޖިދާ އިތުރަށް ވިދާޅުވީ، މުއިއްޒުގެ ޙައްޤު އޮތް އެއްޗެއް ދޫކޮށްލެއްވީ ސްކީލަން އަކީ ބައްޕާފުޅުގެ އަބިކަނބަލުންނަށް ވާތީ އެކަމަށް އިހުތިރާމު ކުރުމުގެ ގޮތުން ކަމަށާއި، ސްކީލަން ރާއްޖެ ދޫކުރައްވައި އެނބުރި ލަންކާއަށް ވަޑައިގަންނަވަން އުޅުއްވިއިރު ވެސް ވިސާގެ މައްސަލައެއް ދިމާވި ކަމަށެވެ.

" އޭރު އަޅުގަނޑުމެންނަކަށް ވެސް ނޭނގޭ ހަގީގަތުގައި، މީހަކު ކައިވެނި ރޫޅުން ނުވަތަ މަރުވުމަށް ފަހު، ބޭރު މީހެއްގެ ވިސާ ވަކި މުއްދަތެއްގެ ތެރޭގައި ހަމަވާކަން ވެސް… ދެން އެހެން ނަމަވެސް، އޭނާގެ ވިސާ އެބައޮތް، އިތުރު މުއްދަތަށް އޮތީމަ (ރާއްޖޭގައި) ހުންނެވި ތިން ހަތަރު މަސް ވަންދެން، ހަމަ ކޯޓު ކޭސް ނިމެންދެކަށް ހުންނެވި،"

އޭނާ ވިދާޅުވި އެވެ.

ސާޖިދާ ވިދާޅުވީ، ދޮންމަންމާފުޅު ފުރަން އެއާޕޯޓަށް ދިޔަތަނުން އޭނާއަށް ހުރެވުނީ ގަވާއިދާ ހިލާފަށް ކަން ކަމަށާއި، އެއީ ވަކި މުއްދަތެއްގެ ތެރޭގައި ވިސާ އޮޓޯއިން ކެންސަލް ވަތީ ކަމަށާއި، އަދޮ އެއީ ކުރިން ނޭނގޭ މަޢުލޫމާތެއް ކަމަށާއި، އެންމެ ފަހުން  ރަނގަޅު ގޮތުގައި، ނުކުންނަން ފުރުސަތު ލިބުނީ ވެސް މުއިއްޒު މެދުވެރިވެގެން ކަމަށެވެ.

މުއިއްޒުގެ ދޮންމަންމާފުޅު ސްކީލަން ހުސެއިންއަކީ މުއިއްޒާއި ސާޖިދާ ކައިވެނި ބައްލަވައިގެންނެވި ފަހުން، މުއިއްޒުގެ ބައްޕާފުޅާ ކައިވެނި ބައްލަވައިގެންނެވި ސްރީ ލަންކާ ބޭކަނބަލެއް ކަމަށެވެ.

އޭގެ ފަހުން ސްކީލަން ވެސް ދިރިއުޅުއްވީ މާލޭގައި މުއިއްޒުގެ އާއިލީގެ މ. ދިމްޔާތުގައެވެ. ބައްޕާފުޅު ޝައިހް ހުސައިން އަބްދުއްރަހުމާން އަވަހާރަވުމުން ސްކީލަން އެނބުރި ލަންކާ އަށް ވަޑައިގަތީ ތަރިކަ މުދާ ބެހުމުގެ މައްސަލަ ފެމިލީ ކޯޓުން ނިންމި ފަހުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު