16 ފެބުރުވަރީ 2025
ކެމްޕެއިން ނިންމުމަށް ކުރިއަށްދާ ހިނގާލުން

މުޢިއްޒުގެ ސަޕޯޓަރުން ނިކުމެ މާލޭގެ މަގުތައް ފުރާލައިފި، ގުގުމާފައިވަނީ "މުޢިއްޒު"ގެ ނަންފުޅު

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވާ ގިނަބަޔަކު މިއަދު ހަވީރު މާލޭގެ މަގުތަކަށް ނިކުމެ، މަގުތައް ފުރާލައި، މުޢިއްޒުގެ ނަންފުޅުން މާލޭގެ މަގުތައް ގުގުމާލައިފިއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ނިންމާލުމުގެ ގޮތުން ބާއްވާ ބޮޑު ހިނގާލުން މިވަގުތު މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަށް އެބަދެއެވެ.

މާލޭގައި ބާއްވާ މިހިނގާލުން ފަށާފައިވަނީ އާރޓްފިޝަލް ބީޗް ޕީޕީއެމް އޮފީސް ކުރިމަތިންނެވެ. އަދި ހިނގާލުން މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ކުރިއަށް އެބަދެއެވެ.

Image

އަދި ހިނގާލުން ނިންމާލަމުން އެޕާޓީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަދެއްކެވުން އޮންނާނެ ކަމަށްވެސް ވިދާޅުވެއެވެ. އެބައި އޮންނާނީ އާރޓްފިޝަލް ބީޗުގައެވެ. ބޮޑު ހިނގާލުން ފަށާފައިވަނީ 3:45 ގައެވެ.

https://x.com/thoreyx/status/1707712694063964451?s=20

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މުއިއްޒުގައި މުޢިއްޒުގެ ކެމްޕެއިން ނިންމާލުމަށް މާލޭގައި ބޭއްވި ހިނގާލުމުގައިވެސް އެތައް ހާސް ރައްޔިތުން ވަނީ ބައިވެރިވެ، މަގުތައް ފުރާލާފައެވެ.

https://x.com/AliHashimSmith1/status/1707725532518134013?s=20

މި ހިނގާލުމުގައި ޕީޕީއެމް ޕީއެންސީ އަދި އެމްއެންޕީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި، ކޯލިޝަން ޕާޓްނަރުންވެސް ބައިވެރިވެއެވެ.

https://x.com/RukumaA/status/1707721240365215815?s=20

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވާ ގޮތުގައި، އިންތިޚާބުގެ ކެމްޕޭން ކުރިއަށް ގެންދެވޭނެ އެންމެ ފަހު ވަގުތަކީ މިއަދު ހަވީރު 6 ޖެހުމާއި ހަމައަށެވެ. ހަމައެހެންމެ އިރުއޮއްސި 6 ގެ ފަހުން ކެމްޕޭން އެއްވެސް ހަރަކާތެއް ހިންގުމަކީ ޤާނޫނީ ގޮތުން ކުށެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު