ބޮޑާކަން ދޫކޮށް، ހިތް ތިރިކަން އިސްކުުރޭ: ޒަމްޒަމް ފާރިޝް

ބޮޑާކަން ދޫކޮށް، ހިތް ތިރިކަން އިސްކުުރުމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް ޒަމްޒަމް ފާރިޝް ނަސޭޙަތްތެރިވެވަޑައިގެންފިއެވެ.

ޝައިޚް ޒަމްޒަމް ފާރިޝް ކުރެއްވި ޓްވީޓެއްގައި ނަޞޭޙަތްތެރިވަމުން ވިދާޅުވީ، ބޮޑާކަން ދޫކޮށް، ހިތް ތިރިކަން އިސްކޮށް، ހެޔޮ އެއްޗެހި ދުލުން ކިޔައި ޛިކުރުކޮށް، އަތްފައިން ގޯސް ކަންކަން ނުކޮށް ތިބުމަށެވެ.

"މުސްލިމުންގެ ގޮތަކީ ބަލިވާ ހާލުގައި ކެތްތެރިވެ ހިތްވަރު ކުރުމެވެ. އަދި މޮޅުވާ ޙާލުގައި ތަވާޟޫވެރިވެ ޝުކުރުވެރި ވުމެވެ."

ޝައިޚް ޒަމްޒަމް ވިދާޅުވިއެވެ.

ޝައިޚް މިހެން ވިދާޅުވެފައިވާއިރު، މިހާތަނަށް ގުނި ފޮށިތަކަށް ބަލާއިރު، ނަތީޖާ ދައްކާގޮތުން އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބު ކުރައްވައިފިއެވެެ.

"ފިޔައޮންލައިން" އިން އެއްކުރި މަޢުލޫމާތަށް ބަލައި، އަދާހަމައަށް ބަލާއިރު، މިހާތަނަށް ގުނާފައިވާ ވޯޓް ފޮށިތަކުގެ ނަތީޖާށް ބަލާއިރު، ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު ވަނީ 105,806 ވޯޓު ހޯއްދަވައިފައެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންފައި ވަނީ 90,415 ވޯޓެވެ. މިހާތަނަށް އައިއިރު، 586 ވޯޓު ފޮށީގެ ތެރެއިން 506 ވޯޓު ފޮށި ވަނީ ގުނައި ނިމިފައެވެ. މި ދެކެންޑިޑޭޓުންގެ ފަރަޤަށް ބަލާއިރު، 15،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތެއް އަދާހަމައިން ދައްކައެެވެ.

ރިޔާސީ އިންތިހާބުގެ މި ބުރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 282،803 މީހަކަށެވެ. މި ފަހަރުގެ އިންތިހާބުގައި އިތުރު 408 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ.

އަދި މި ބުރުގައި މާލޭ ސަރަޙައްދަށް އިތުރުކުރި 11 ވޯޓު ފޮށްޓާއި، ރާއްޖޭން ބޭރުގައި ބަހައްޓާ ފޮށިތަކާއެކު،  ޖުމްލަ 586 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އެގޮތުން ގްރޭޓަރ މާލޭ ސަރަޙައްދުގައި 187 ފޮށި، އަތޮޅުތަކުގައި 319 ފޮށި ވަނީ ބަހައްޓާފައެވެ. އަދި ރިސޯޓުތަކުގައި 65 ފޮށި، ރާއްޖޭން ބޭރުގައި 9 ފޮށި، ޖަލުތަކުގައި 5 ފޮށި އަދި ސިނާޢީ މަސައްކަތްކުރާ ތަންތަނުގައި މި ބުރުގައި ވޯޓުލުމަށް އެއް ފޮށި ބަހައްޓާފައިވެއެވެ.

މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްލަ 282،395 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބުނުއިރު، ވޯޓުލާފައިވަނީ އޭގެ ތެރެއިން %79.85 މީހުންނެވެ. އެއީ 225،5486 މީހުންނެވެ.

ޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހުނީ މި މަހުގެ 9 ވަނަ ދުވަހު އޮތް އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް %50 އަށް ވުރެ މައްޗަށް ވޯޓު ލިބިފައި ނުވާތީއެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ދެވަނަ ބުރުގައި ވާދަކުރައްވަނީ ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި، އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު