އެމްޑީޕީގެ މިސްރާބު ސަރުކާރު ޒިންމާދާރުކުރުވުމަށް

ހޮނިހިރު ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބުވުމުން، ދެން އެޕާޓީ މަސައްކަތްކުރާނީ އަލަށް އުފެދޭ ސަރުކާރު ޒިންމާދާރުކުރުވުމަށްކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛް ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކުރެއްވި ޑރ. މުޙައްމަދު މުއިއްޒަށާއި، އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފަށް މަރުޙާބާ ވިދާޅުވެ ކުރެއްވި ޓުވީޓުގައެވެ.

ފައްޔާޒް ވިދާޅުވީ އެމްޑީޕީއިން ދެން ހަރަކާތްތެރިވާނީ އަލަށް އުފެދޭ ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތުގައިކަމަށާއި، ސަރުކާރު ހިންގާއިރު ޑިމޮކްރަސީގެ ހަމަތަކާއެކު ކުރިއަށްގެންދޭތޯ ކަށަވަރުކުރާނެކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މައްޗަށް ކުރި ހޯއްދަވައި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކުރެއްވި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުއިއްޒުއާއި އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފަށް ގިނަބަޔަކު އަންނަނީ މަރުހަބާ ކިޔަމުންނެވެ.

ޑރ.މުޙައްމަދު މުއިއްޒު އިންތިޚާބު ކާމިޔާބުކުރެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި ވާދަކުރައްވައިގެންނެވެ.

އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އެ ޕާޓީއަކީ ޑިމޮކްރެސީއަށް ވަކާލާތުކޮށް، އަސާސީ ޙައްޤުތަކާ މިނިވަންކަމަށް ޙަރަކާތްތެރިވެ،  މީގެ ކުރިންވެސް ސަރުކާރުތަައް ޖަވާބުދާރީ ކުރުވުމަށްޓަކައި މަސައްކަތްކޮށްފައިވާ ޕާޓީއެކެވެ. އެގޮތުން ރައީސް މައުމޫންގެ ސަރުކާރާއި، ޑރ. ވަޙީދާއި ރައީސް ޔާމީންގެ ސަރުކާރު ޒިންމާދާރު ކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް އެ ޕާޓީން ކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު