ރިޔާސީ އިންތިހާބުގައި ނުކުތް ނަތީޖާއަކީ ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ދިވެހި ރައްޔިތުން ދެއްވި ވޯޓެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމާ ގުޅިގެން، މުއިއްޒާއި ރަނިންގމޭޓް ހުސައިން މުހައްމަދު ލަތީފަށް މަރުހަބާ ވިދާޅުވެެ ނާޒިމް ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޕީޕީއެމް ޕީއެންސީ އާއި އެމްއެންޕީ ކޯލިޝަން ބަލައިގަނެ، ދެއްވި ވޯޓަށްޓަކައި އެންމެންނަށް ޝުކުރު އަދާކުރާ ކަމަށެވެ.
ނާޒިމް ވިދާޅުވީ، އޭނާ ގަބޫލުކުރާ ގޮތުގައި، މި އިންތިހާބުގެ ނަތީޖާއަކީ ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ދިވެހި ރައްޔިތުން ދެއްވި ވޯޓެއް ކަމަށެވެ.
"ރާއްޖެއިން ގެއްލިގެން ދިޔަ ކަނޑުގެ ސަރަހައްދު އަނބުރާ ހޯދައި، ރާއްޖޭގެ ދަރަނި ކުޑަކޮށް، ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމުކޮށް ރައްޔިތުންނަށް އުފާފާގަތި ކަން ހޯދުމަށް ދެއްވި ވޯޓެއްކަމުގައިވެސް ގަބޫލުކުރަމެވެ.". އޭނާ ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންގެ އުންމީދުތައް ހާސިލުވެ، ރައްޔިތުންނަށް އުފާފާގަތިކަމާއި ރައްކާތެރިކަން ލިބޭނޭކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށްވެސް ވިދާޅުވިއެވެ.
އެ ބަޔާނުގައި ވަނީީ، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކުރައްވައި، ބޭރުގެ ނުފޫޒުތައް ކުޑަކުރައްވައި ރާއްޖޭގައި އަމަންއަމާންކަން ޤާއިމުކުރައްވައި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރައްވާނޭ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާފައެވެ.
ހަމައެހެންމެ، ދައުލަތް ހިންގެވުމުގައްޔާއި ރައްޔިތުންނަށް ހިދުމަތްކުރެއްވުމުގައި، އެޕާޓީ އާއި އޭނާގެ އެއްބާރުލުން އަބަދުވެސް ޑރ. މުއިއްޒަށް ލިބިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
Kon beyruge nufoozeh beyru meehun dhineema ކައިގެން މިއުޅެނީ ކަލޭމެން ބަލިވީމަ ޖަރުމަނައް ދިޔަޔަސް ނިކަމެތި ރައްޔިތުން ދާންމިޖެހެނީ އިންޑިއާ އައް