Friday, 11 October 2024

ޑރ. މުއިއްޒަށް ޗައިނާއިން މަރުހަބާ ވިދާޅުވެއްޖެ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޗައިނާއިން މަރުހަބާ ވިދާޅުވެއްޖެއެވެ.

ޗައިނާގެ ފަރާތުން އިންތިޚާބީ ރައީސް ޑރ. މުއިއްޒަށް މަރުހަބާ ވިދާޅުވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާން ލިޖިންއެވެ.

މި ސަރުކާރާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ އިންޑިއާގެ ބޮޑުވަޒީރު މޯދީ ވެސް ވަނީ މަރުޙަބާ ވިދާޅުވެފައެވެ. މޯދީ މިއަދު ހެނދުނު ކުރެއްވި އެކްސްއެއްގައި ވިދާޅުވީ، އިންޑިއާ އާއި ރައްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދެ ގައުމުގެ ގުޅުން އިތުުރަށް ބަދަހި ކުރެއްވުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަަމަށެވެ.

މޯދީގެ  ވިދާޅުވެފައިވަނީ ރާއްޖެއާއެކު ހާޖިރީ ގުޅުން އިތުރަށް ބަދަހިކުރުމުގައި އިންޑިއާ ދެމި އޮންނާނެ ކަމަށާއި އިންޑިއާ ކަނޑުގެ ގުޅުންތައް އިތުރަށް ބަދަހި ކުރުމުގައި އިންޑިޔާއިން އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ.

މޯދީ މަރުޙަބާ ކިޔާފައިވާއިރު، ޑރ. މުޙައްމަދު މުޢިއްޒުގެ ކެމްޕެއިންގައި ޤާނޫނީ އިމުން ބޭރުން ޙަރަކާތްތެރިވާ ބޭރުގެ އަސްކަރީ ސިފައިން ރާއްޖެއިން ފޮނުވާލާނެ ކަމަށް ވިދާޅުވަމުން ގެންދެވިއެވެ.

އަދި ޕީޕީއެމް ކޯލިޝަނުން އިންޑިޔާ މިލިޓަރީ ރާއްޖޭގައި ތިބުމާ ދެކޮޅަށް ގިނަ މުޒާހަރާތަކެއް ކޮށްފައިވެއެވެ.

ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދެވި ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވާދަކުރެއްވީ އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއެވެ.

ހޮނިހިރު ދުވަހު ބޭއްވުނު އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މި އިންތިޚާބު ޑރ. މުޢިއްޒު ކާމިޔާބުކުރައްވާފައިވަނީ %54 އަށްވުރެ ގިނަ ވޯޓާއެކުއެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި ދެން ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަތީ %45 ވޯޓެވެ.

ހަމައެހެންމެ، ވަގުތީ ނަތީޖާ ދައްކާގޮތުން ރާއްޖޭގެ 2 އަތޮޅެއް ފިޔަވާ އެހެން ހުރިހާ ސަރަޙައްދަކުން މެޖޯރިޓީ ނަންގަވާފައިވަނީ ޕީ.އެން.ސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ. އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މެޖޯރިޓީ ލިބިވަޑައިގަތީ އއ. އަތޮޅާއި އައްޑޫ ސިޓީން އެކަންޏެވެ. އެމަނިކުފާނުގެ އުފަން އަތޮޅު ޅ. އަތޮޅުގެ މެޖޭރިޓީވެސް ނެންގެވީ ޑރ. މުޢިއްޒެވެ. ގްރޭޓަރ މާލޭ ސަރަޙައްދުން މާލެ، ވިލިމާލެ އަދި ހުޅުމާލެއިންވެސް މެޖޯރިޓީ ނަންގަވާފައިވަނީ ޕީ.އެން.ސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްލަ 282،804 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާއިރު، މީގެ ތެރޭގައި 18 އަހަރު ފުރި ވޯޓުލުމުގެ ފުރުޞަތު އަލަށް ލިބޭ 409 މީހަކު ހިމެނެއެވެ. މި ބުރުގައި ވޯޓުލުމަށްޓަކާ ޖުމްލަ 586 ފޮށްޓެއް ބަހައްޓާފައިވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު