Thursday, 18 April 2024

ރައީސް ޔާމީން ގެއަށް ބަދަލު ކުރަނީ

11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރަައީސް ޔާމީން އަބްދުލްޤައްޔޫމް ގެއަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަށްޓަކައި ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ކޮށްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ތެރޭގައި ހިމެނޭ އާދަމް ޝަމީމް ވިދާޅުވެފައިވަނީ ރައީސް ޔާމީން މިހާރު ގެއަށް ބަދަލު ކުރާ ވާހަކަ ކަރެކްޝަންސް އިން ދެންމެ ވަކީލުންނަށް އަންްގައިފިކަމަށެވެ.

ހަމައެހެންމެ ރައީސް ޔާމީން ގެއަށް ބަދަލުކުރާތީ މިހާރު ޖެޓީ ސަރަހައްދާއި، ޕީޕީއެމް އޮފީސް އަދި އެމަނިކުފާނުގެ ގެކޮޅު ދޮށުގައި ގިނަބަޔަކު ދަނީ ހަރަކާތްތެރިވަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ރިޔާސީ އިންތިޚާބުގެ ކާމިޔާބީއަށްފަހު، ރޭ ޑރ. މުޢިއްޒު ވަނީ ވީހާވެސް އަވަހަކަށް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށސް ވަރަށް އާދޭހާއި އަދަބުވެރިކަމާއެކު ރައީސް ޞާލިޙަށް ދަންނަވާކަމަށް ވިދާޅުވެފައެވެ.

އަދި އެމަނިކުފާނު މިނިވަން ކުރަން ގޮވާލާ ރޭ ވަނީ، ރައީސް ޔާމީންގެ ޤާނޫނީ ވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު އިސްވެ ހުންނަވާ ޕީޕީއެމް އޮފީސް ކުރިމަތީގައި އެއްވުމެއްވެސް ބާއްވާފައެވެ.

ކުރީގެ ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ ވ. އާރަށު މައްސަލައިގައެވެ. އެ ޖަލު ހުކުމް ފަސްކޮށްދެވެން ނެތް ކަމަށް ހައިކޯޓުން ދާދި ފަހުން ވަނީ ނިންމަވާފައެވެ. މިމައްސަލައިގެ އިސްތިއުނާފު ކުރިއަށްދާއިރު އެމަނިކުފާނުގެ މައްޗަށް ރ. ފުއްގިރި މައްސަލަވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަ ދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *