11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެއަށް ބަދަލުކުރައްވައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ދާދި ދެންމެ އަކު ވަނީ ރައީސް ޔާމީން ގެއަށް ބަދަލުކުރައްވާފައެވެ. ކަރެކްޝަނުން ބުނީ ވަގުތީ ގޮތުން ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވީކަމަށެވެ.
ރައީސް ޔާމީން ގެއަށް ބަދަލުކުރައްވަން ނިންމުމާއެކު، އެތައް ސަތޭކަ ބަޔަކު ޕީޕީއެމް އޮފީސް ކުރިމަތީ ގެންދަނީ އުފާ ފާޅުކުރަމުންނެވެ. އެމީހުން ތިބީ ރައީސް ޔާމީން ވަޑައިގަންނަވާނެ އިންތިޒާރުގައެވެ.
https://x.com/ProgressPartyMV/status/1708438310899863616?s=20
https://x.com/ProgressPartyMV/status/1708430358176510247?s=20
ރިޔާސީ އިންތިޚާބުގެ ކާމިޔާބީއަށްފަހު، ރޭ ޑރ. މުޢިއްޒު ވަނީ ވީހާވެސް އަވަހަކަށް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށސް ވަރަށް އާދޭހާއި އަދަބުވެރިކަމާއެކު ރައީސް ޞާލިޙަށް ދަންނަވާކަމަށް ވިދާޅުވެފައެވެ.
އަދި އެމަނިކުފާނު މިނިވަން ކުރަން ގޮވާލާ ރޭ ވަނީ، ރައީސް ޔާމީންގެ ޤާނޫނީ ވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު އިސްވެ ހުންނަވާ ޕީޕީއެމް އޮފީސް ކުރިމަތީގައި އެއްވުމެއްވެސް ބާއްވާފައެވެ.
ކުރީގެ ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ ވ. އާރަށު މައްސަލައިގައެވެ. އެ ޖަލު ހުކުމް ފަސްކޮށްދެވެން ނެތް ކަމަށް ހައިކޯޓުން ދާދި ފަހުން ވަނީ ނިންމަވާފައެވެ. މިމައްސަލައިގެ އިސްތިއުނާފު ކުރިއަށްދާއިރު އެމަނިކުފާނުގެ މައްޗަށް ރ. ފުއްގިރި މައްސަލަވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަ ދެއެވެ.



