Thursday, 18 April 2024

ނަޝީދު އެމްޑީޕީއާ އަނެއްކާވެސް ގުޅެން މަސައްކަތްކުރައްވަނީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދެ ބައިކުޅަ އެއް ބައި މެމްބަރުން ރުހޭ ނަމަ، އެ މަނިކުފާނު އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވަން، އެމްޑީޕީގެ ރައީސް ކަމުގެ މަގާމުގައި ހުންނެވުމަށް ފަހު އެ ޕާޓީން ވަކިވެވަޑައިގެންް ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހުށަހަޅުއްވައިފިއެވެ.

އެކަން ބަޔާންކޮށް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއަށް މިއަދު ފޮނުއްވި މެސެޖު، ފައްޔާޒް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވާފައިވެއެވެ.

އެ މެސެޖުގައި، ނަޝީދު އޭނާއަށް ފޮނުއްވި ކަމަށް ހިމަނުއްވާފައިިވާ މެސެޖުގައި ނަޝީދު ވިދާޅުވެފައި ވަނީ، "އެމްޑީޕީގެ ގައުމީ މަޖިލީހުގެ50 ތާއީދު އޮތް ނަމަ، އަޅުގަނޑު އެމްޑީޕީއާ ގުޅެން ތައްޔާރު" ކަމަށެވެ.

އެ މެސެޖް ފޯވާޑްކުރުމަށްފަހު ފައްޔާޒު ވިދާޅުވެފައިވަނީ، "މެސެޖު ލިބުނީމަ، ތިޔަ ބޭފުޅުންނާ ހިއްސާކޮށްލީ" ކަމަށެވެ.

އެއަށް ފަހު، އެ ދެ ބޭފުޅުން ވަނީ މިދިޔަ މަހުގެ 24 ގައި ރައީސް އޮފީހުގައި ކުރު ބައްދަލުކުރެއްވުމަށް ބާއްވަވާފަ އެވެ. އެއީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީން ބަރުލަމާނީއަށް ފުރޮޅާލަން ނަޝީދު އިސްވެ ކުރައްވާ މަސައްކަތްޕުޅާއި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރާ ގުޅޭ ގޮތުން މަޝްވަރާކުރައްވަން ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.

އިއްޔެ ބޭއްވި ދެ ވަނަ ބުރު، ރައީސް ޞާލިހާ ވާދަކުރައްވައި ކާމިޔާބުކުރެއްވީ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. ނަޝީދުގެ ޕާޓީގެ އިސް ބައެއް ބޭފުޅުން ވެސް ފާޅުގައި މުއިއްޒަށް ތާއީދުކުރެއްވި އެވެ.

ދެ ބޭފުޅުންގެ ހިޔާލު ތަފާތުވުންތައް ބޮޑުވެ، ނަޝީދު ވަނީ އެމްޑީޕީގެ ރައީސްގެ ގޮތުގައި ހުންނެވުމަށް ފަހު އެ ޕާޓީން އިސްތިއުފާ ދެއްވައި ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައިފަ އެވެ. އެ ޕާޓީ މެދުވެރިކުރައްވައި ރައީސް ޞާލިހާ ދެކޮޅަށް އެ މަނިކުފާނު ގެންދަވަނީ ސިޔާސީ ގޮތުން މަސައްކަތްޕުޅު ކުރައްވަމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ނަޝީދަކީ އެ މަނިކުފާނުގެ ގާތް ރަހުމަތްތެރިއެއް ނަމަވެސް، ސިޔާސީ ގޮތުން ދެ ބޭފުޅުން ހިޔާލު ތަފާތުވުންތައް ބޮޑުވެ ދެ ބޭފުޅުން ވާހަކަ ނުދައްކަވާތާ ވެސް ވަނީ ގިނަ ދުވަސްތަކެއްވެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ނޯ ނޯ ނޯ! ތިޔައީ އަމިއްލަ އެދުމާހެދި ފޯވެފަހުރި ނުރައްކާ މީހެކެވެ. #އަންނިނޫންގޮތެއް އެމްޑީޕީ ހޯދަން ޖެހެއެވެ. ނާކާމިޔާބު ވިޔަސް ހެޔޮއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *