އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަނބުރާ އެމްޑީޕީއަށް ގެނައުމާ ދެކޮޅު ހައްދަވާފައިވާއިރު، އެމަނިކުފާނު ހުށަހަޅުއްވާފަދައިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން އެމްޑީޕީ ޤައުމީ މަޖިލީހުގެ މެންބަރުން ދެކޮޅު ހަދައިފިއެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ފުރޮޅާލުމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ޑިމޮކްރެޓްސްގެ ބާނީ ރައީސް ނަޝީދު ކުރައްވާ މަސައްކަތަށް ތާއީދެއް ނެތް ކަމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި މެންބަރުން ހިޔާލުފާޅުކޮށްފިއެވެ.
ގައުމީ މަޖިލީހުގައި އިންނަވާ ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ގްރޫޕްގައި ލިޔުއްވި ގޮތުގައި އެކަނި ހުންނަން ޖެހުނަސް އޭނާ ހުންނާނީ ރައީސް ޞާލިހުގެ ފަހަތުގައި ކަމަށާއި އަދި ބަރުލަމާނީއަށް ބުނަން އޮތީ "ނޫން، ނޫން" ކަމަށެވެ.
ރޮޒެއިނާގެ ފިރިކަލުން ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވީ ބަރުލަމާނީ ގެންނަން ނަޝީދު އުޅުއްވަނީ "އަމިއްލަ އެނދުންވެރިކަން އިސްކޮށްގެން ވެރިކަން ތިމާ ބޭނުންވެގެން" ކަމަށެވެ.
ރައީސް އޮފީހުގެ މިނިސްޓަރ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވިދާޅުވީ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުވުމުގެ އެންމެ ބޮޑު ސަބަބަކީ ޕާޓީގެ ތެރެއިން ނަޝީދު ނިކުމެ ވަޑައިގަތް ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް ހައްދަވައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުން ކަމަށާއި އަދި އެގޮތަށް އަމަލު ކުރެއްވި ބޭފުޅަކު އަނބުރާ އެމްޑީޕީއަށް ގެނައުމާ ދެކޮޅަށް އޭނާ އެކަނި ނަމަވެސް މަސައްކަތް ކުރައްވާނޭ ކަމަށެވެ.
ޖުމްލަކޮށް ގައުމީ މަޖިލީހުގެ ގްރޫޕްގައި ވާހަކަ ދެއްކެވި ގިނަ ބޭފުޅުން ބަރުލަމާނީއަށް ތާޢީދު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. ބަރުލަމާނީ ގެނައުމުގެ ވަސީލަތެއްގެ ގޮތުގައި އެމްޑީޕީ ބޭނުން ކުރަން ކަމަށް ތުހުމަތު ކުރައްވައި އެކަމަށް ޖާގަ ނުދޭނޭ ކަމަށްވެސް ބައެއް މެންބަރުން ފާހަގަކުރެއްވިއެވެ.
ޤައުމީ މަޖިލީހުގައި މެންބަރުން ޝުޢޫރު ފާޅުކުރައްވާފައިވާއިރު، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު ވެސް ވިދާޅުވެފައިވަނީ، ޑިމޮކްރަސީގެ ރިވެތި ހަމަތަކުގެ މަތިން ދިވެހިން ވަނީ އެމީހުންގެ ވެރިއެއް ކުރިއަށް އޮތް ފަސް އަހަރަށް އިންތިހާބު ކޮށްފައި ކަމަށާއި، ރައްޔިތުންގެ ނިންމުން އަނބުރާލާ ބަޔަަކަށް އެމްޑީީޕީ ވެގެން ނުވާނެ ކަމަށެވެ
"ބަރުލަމާނީ ނިޒާމޭ ކިޔައިގެން ރައްޔިތުންގެ ނިންމުން ބޮލާލާ ނުޖެހޭނެ. ޑރ. މުއިއްޒަށް ފުރުސަތު ލިބެންޖެހޭނެ. ބަރުލަމާނީ ނޯ،"
ފައްޔާޒު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖުގައި ވެއެވެ.
އެ މެސެޖާ ގުޅިގެން އެ ގުރޫޕުގައި އެހެން ބައެއް މެމްބަރުން ވެސް ބަރުލަމާނީއަށް ތާއީދުނުކުރާކަން ހާމަކޮށް ވާހަކަދައްކަވާފައި ވެއެވެ.
ނިޒާމީ ވޯޓް ނެގުމާމެދު އެމްޑީޕީގެ ސްޓޭންޑް ނިންމުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
ރިޔާސީ ދެވަނަ ބުރުގެ ކެމްޕެއިން ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެފައިވަނީ ނިޒާމީ ވޯޓެއް ނެގުމާ މެދު އެ މަނިކުފާނުގެ މާބޮޑު މައްސަލައެއް ނެތް ކަމަށާއި، އެހެންނަމަވެސް އެކަމާމެދު އެ ޕާޓީން ގޮތެއް ނިންމާނީ އިންތިހާބު ނިމުމުން ކަމަށެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމް ޤާނޫނު އަސާސީގައި ލިޔެ އެ ޤާނޫނު އަސާސީގެ ދަށުން 4 ވަނަ ރައީސް އިންތިޚާބު ކުރެވިފައިވާއިރުވެސް، ރާއްޖޭގައި މިހާރު އޮންނަ ރިޔާސީ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައްޔިތުންގެމަޖިލިހަށް ޤަރާރެއް ހުށަހެޅީ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް އެންމެ ބޮޑަށް ވަކާލާތުކުރައްވަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސްގެ ފަރާތުންނެވެ.
ޑިމޮކްރެޓްސްގެ ފަރާތުން މި ފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުގައި ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި ހުޅުދޫ ދާއިރާގެ މެމްބަރު، އިލްޔާސް ލަބީބް މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ވަނީ، އަންނަ މަހުގެ 30ގެ ކުރިން އެ ވޯޓް ނަގަން އީސީއަށް އެންގުމަށް އެދިވަޑައިގެންފައެވެ. އެ ގަރާރު ފާސްވީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެކަމަށްޓަކައި ނެގި ވޯޓްގައި ބައިވެރިވި 35 މެމްބަރުންގެ އަގުލަބިއްޔަތުން ނެވެ. އެމްޑީޕީގެ މެމްބަރުން ވެސް ހިމެނޭހެން ފާސްކުރި އެ ގަރާރާ ގުޅިގެން އީސީން ނިންމާފައި ވަނީ ނިޒާމީ ވޯޓު ނެގުމަށް ފެންނަ ނުފެންނަ ވޯޓު ނެގެން މިމަހުގެ 29ގައި ބޭއްވުމަށެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ތިޔައީ އެއްބައެއް ތިޔައުޅެނީމީހުންގެ ބޯކާން ތިޔަތާވަރަށްމަދުވާނެ ރައިއްޔަތުންނަށް ހެޔޮއެދިގެންމަސައްކަތްކުރާބަޔަކު! ތިޔަމީހުންގެ އަންބޮނޑި ބޮޑުކުރުންނޫންކަމެއް ތިިޔަމީހުންނުކުރާނެ! އިންތިގާލީމަރުހަލާގަ ބޮލަށްތެޔޮއަރައިގެން ތިއުޅެނީއެހެންވެގެން ދެން އަމިއްލަޔަށްއިއުލާނުކޮށްލާފަ ވެރިކަމާހަވާލުވެއްޖައިމޭބުނެލާ!
އަޅުގަނޑު ވެސް ގަބޫލެއްނޫ ނަޝީދު އެ ޑީ ޕީ ގެތެރެއަށް ގެންނާކަށް މިޕާޓީގެ ކިނލަބު ލައްގަނޑަކީ ތި؟؟؟؟؟؟؟؟؟؟؟؟؟