ރައީސުލްޖުމްހޫރިއްޔާ 02 އޮކްޓޫބަރ 2023 ގައި ނޫސްވެރިންނާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

"ޤައުމީ މަޖިލީހުގައި އިންނަން، 99 ޕަސެންޓް ބުނަނީ ނަޝީދަށް ނޫނެކޭ"

ޤައުމީ މަޖިލީހުގައި އެމަނިކުފާނު އިންނަވާ ކަމަށާއި، އެ މަޖިލީހުގައި ތިއްބަވާ މެންބަރުންގެ ތެރެއިން 99 ޕަސެންޓް ބުނަނީ ނަޝީދަށް ނޫނެކޭ ކަމުގައި ރަ

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވައި، ސަރުކާރުން ކުރެއްވި މަސައްކަތްތަކާ ސަރުކާރު ބަދަލުވުމުގެ މަރުޙަލާކުރިޔަށްދާނެ ގޮތުގެ މައުލޫމާތު ނޫސްވެރިންނާ ޙިއްސާކުރައްވަމުންނެވެ.

"ގައުމީ މަޖިލީހުގަ އަޅުގަނޑު އިންނަން. ގައުމީ މަޖިލީހުގެ ރޫހު ހުރި ގޮތް އަޅުގަނޑަށް ފެނޭ. ގާތްގަނޑަކަށް އަޅުގަނޑަށް ދެނެންވިދާނެ 99 ޕަސެންޓް ހަމަ [ނަޝީދަށް] ނޫނެކޭ ބުނަމުން ދަނީ. ބަރުލަމާނީއަށް ވެސް ހަމަ ނޫނެކޭ ބުނަމުން ދަނީ،"

ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ %50 މެންބަރުންގެ ތާއީދު ލިބިވަޑައިގަންނަވާނަމަ ރައީސް ނަޝީދު އަނބުރާ އެމްޑީޕީއަށް ވަޑައިގަތުމުގެ ޝައުޤުވެރިކަން ހުރިކަމަށް އިއްޔެ ފާޅު ކުރައްވާފައިވަނިކޮށެވެ.

މިސަރުކާރުން ރައްޔިތުންގެ ހެވާއި ލާބަޔަށް ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތައް އަލަށް އުފެދޭ ސަރުކާރުން ކުރިޔަށް ގެންގޮސްދެއްވައި ދިވެހި ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ވެރިކަން ކުރެއްވުމަށްޓަކައި ރައްޔިތުން 5 އަހަރު ދެއްވި ކަމަށްޓަކައި ރައްޔިތުންނަށާއި، އެމަނިކުފާނަށް އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަަކަށް ޝުކުރު އަދާކުރައްވާފައެވެ. މިގޮތުން، ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންނާއި މަޖިލިސް މެމްބަރުންގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދެއްވި މެމްބަރުންނާއި، ސަރުކާރުގެ މުވައްޒަފުންނާއި، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތްކުރެއްވި ފަރާތްތައް ފާހަގަކުރެއްވިއެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވައި، ސަރުކާރުން ކުރެއްވި މަސައްކަތްތަކުގެ ތަފްޞީލްތައްވެސް ޙިއްޞާކުރައްވާފައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު 2023، ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވީ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުއެވެ.

އިލެކްޝަންސް ކޮމިޝަންއިން އާއްމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުގައި، އިންތިޚާބު ކާމިޔާބުކުރެއްވި ޑރ. މުޙައްމަދު މުޢީއްޒަށް ލިބިވަޑައިގަތީ 129،159 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %54.04 އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ. އެއީ %45.96 އެވެ.

ވަގުތީ ނަތީޖާއަށް ބަލާއިރު، މި އިންތިޚާބު ޑރ.މުޢިއްޒު އިންތިޚާބު ކާމިޔާބުކުރެއްވީ 19،291 ވޯޓުގެ ބޮޑު ތަފާތަކުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު