Tuesday, 23 July 2024
ރައީސް ނަޝީދު އިންތިހާބީ ރައީސްއާ ބައްދަލު ކުރައްވަނީ، ފޮޓޯ: ރައްޔިތުންގެ މަޖިލީސް

މަޖިލީހުގެ ރައީސް، އިންތިޚާބީ ރައީސް މުޢިއްޒުއާ ބައްދަލު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލު ކުުރެއްވުން އޮތީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. އިންތިޚާބީ ރައީސްގެ އަރިހުގައި، އެމަނިކުފާނުގެ ނައިބު ހުސައިން މުހައްމަދު ލަތީފާއި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އިސް ބައެއް ބޭބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ނަޝީދު އިންތިހާބީ ރައީސްއާ ބައްދަލު ކުރައްވަނީ، ފޮޓޯ: ރައްޔިތުންގެ މަޖިލީސް

https://x.com/mvpeoplesmajlis/status/1709117981161402858?s=20

ރައީސް ނަޝީދު ވަނީ، ރިޔާސީ އިންތިހާބު ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބު ކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދަންނަވައިފައެވެ.

ރައީސް ނަޝީދު ޑރ މުޙައްމަދު މުޢިއްޒުއާ މިއަދު ބައްދަލުކުރައްވާފައިވާއިރު، ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ކާމިޔާބު ކުރެއްވި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ވެސް ވަނީ ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމަށްފަހު، ސަރުކާރު ބަދަލުވުމުގެ މަރުހަލާ ކުރިއަށް ގެންދިޔުމަށް ކޮމެޓީތައް އެކުލަވާލައި، އެ މަސައްކަތްވެސް މިހާރު ވަނީ ފަށައިފައެވެ. އިންތިޚާބީ ރައީސް ޑރ. މުއިއްޒު އެކުލަވާލެއްވި އިންތިޤާލީ ކޮމެޓީގެ ޑިރެކްޓަރ ޖެނަރަލްއަކަށް ހަމަޖެއްސެވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) އެވެ. ސަރުކާރުގެ ފަރާތުން އެކުލަވާލެއްވި ކޮމެޓީގެ ވެރިޔަކަށް ހަމަޖެއްސެވީ ރައީސް އޮފީހުގެ ސެކްރެޓެރީ، ކޯޕަރޭޓް ސާވިސް ހުސައިން އާމިރުކަމަށާއި، އަދި ރައީސް އޮފީހުގެ ފަރާތުން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކަމަށް އެ ދުވަހުގެ ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު