4 ނޮވެންބަރު 2024

ކެމްޕޭނަށް މާލޭގެ މަގުތަކުގައި ދަމާފައި ހުރި ދިދަފަތިތައް، މާލޭ ސިޓީ ކައުންސިލުން ނަގަން ފަށައިފި

ސެޕްޓެންބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި، އެކި ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ކެމްޕޭނަށް މާލޭގެ މަގުތަކުގައި ދަމާފައި ހުރި ދިދަފަތިތައް ނަގަން ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، މާލޭގެ އެކި މަގުތަކުގައި ދަމާފައިވާ ކެމްޕޭން ދިދަތައް ނަގަން ފަށާފައިވާ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް މާލޭގެ  މަގުތަކާއި ގޯޅިތަކުގައި، އެކި ޕާޓީތަކުން ދިދަތަކާއި ބެނާތައް ދަމާފައިވާއިރު، ޕީޕީއެމާއި އެމްޑީޕީގެ ދިދަފަތިތަކާއި ބެނާތައް ގިނަކަން ފާހަގަކުރެވެއެެވެ.

އެހެންނަމަވެސް ޖުމްހޫރީ ޕާޓީއާއި އެމްއެންޕީގެ ދިދަފަތިތަކާއި ބެނާތައް ކޮންމެވެސް ވަރަކަށް މަގުތަކުގައި ދަމާފައި ހުއްޓާފެނެއެވެ.

Image

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދެވި ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވާދަކުރެއްވީ އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ހެނދުނު 8 އިން ފެށިގެން ހަވީރު 5 ޖެހުމާއި ހަމައަށް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި މިހާރު އިންތިޚާބުގެ ވަގުތީ ނަތީޖާތައް އިލެކްޝަންސް ކޮމިޝަނުން އަންނަނީ އިޢުލާންކުރައްވަމުންނެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މި އިންތިޚާބު ޑރ. މުޢިއްޒު ކާމިޔާބުކުރައްވާފައިވަނީ %54 އަށްވުރެ ގިނަ ވޯޓާއެކުއެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި ދެން ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަތީ %45 ވޯޓެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ރާއްޖޭގެ 2 އަތޮޅެއް ފިޔަވާ އެހެން ހުރިހާ ސަރަޙައްދަކުން މެޖޯރިޓީ ނަންގަވާފައިވަނީ ޕީ.އެން.ސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ. އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މެޖޯރިޓީ ލިބިވަޑައިގަތީ އއ. އަތޮޅާއި އައްޑޫ ސިޓީން އެކަންޏެވެ. އެމަނިކުފާނުގެ އުފަން އަތޮޅު ޅ. އަތޮޅުގެ މެޖޭރިޓީވެސް ނެންގެވީ ޑރ. މުޢިއްޒެވެ. ގްރޭޓަރ މާލޭ ސަރަޙައްދުން މާލެ، ވިލިމާލެ އަދި ހުޅުމާލެއިންވެސް މެޖޯރިޓީ ނަންގަވާފައިވަނީ ޕީ.އެން.ސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްލަ 282،804 މީހަކަށް ވޯޓުލުމުގެ ހައްޤު ވަނީ ލިބިފައެވެ. މީގެ ތެރޭގައި 18 އަހަރު ފުރި ވޯޓުލުމުގެ ފުރުޞަތު އަލަށް ލިބޭ 409 މީހަކު ހިމެނެއެވެ. މި ބުރުގައި ވޯޓުލުމަށްޓަކާ ޖުމްލަ 586 ފޮށްޓެއް ބަހައްޓާފައިވެއެވެ.

މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި %79.85 އިންސައްތައެއްހާ މީހުން ވޯޓްލީނަމަވެސް، ހޮނިހިރު ކުރިއަށްދިޔަ ދެވަނަ ބުރުގައި 85 އިންސައްތައެއްހާ މީހުން ވޯޓްލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ