ރައްޔިތުންގެ ވެރިކަމެއް ކުރުމުގައި ރައްޔިތުންގެ މަޖިލިހުގެ ދައުރު މުހިންމު ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި މުއިއްޒު ލިޔުއްވި ގޮތުގައި ރައްޔިތުންގެ ވެރިކަމެއް ކުރުމުގައި މަޖިލިހުގެ ފުރިހަމަ ދައުރަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި އެކަން އެގޮތަށް ވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު މިހެން ލިޔުއްވާފައިވަނީ، މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގެން، "މެހްމާނުން ސޮއިކުރައްވާ ފޮތުގައި" ލިޔުއްވި ބަސްކޮޅުގައެވެ.
އިންތިޚާބީ ރައީސް ޑރ.މުއިއްޒު މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ވަރަށް ގިނަ އަދަދެއްގެ މެމްބަރުން މަރުހަބާ ދެންނެވިއެވެ. އޭގެތެރޭގައި ޕީޕީއެމް-ޕީއެންސީގެ މެމްބަރުންނާއި އެމްޑީޕީގެ ބައެއް މެމްބަރުންނާއި ދަ ޑިމޮކްރެޓްސްގެ މެމްބަރުންނާއި ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީ އަދި އެމްޑީއޭގެ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ވާދަކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ މައްޗަށް ކުރި ހޯއްދެވި، މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލު ކުރައްވައިފައެވެ. މި ބައްދަލުވުމުގައި މުއިއްޒުގެ އިތުރުން އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) އާއި މަޖިލިހުގެ ނައިބު ރައީސް އީވާ އާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާއި ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒު ހޯއްދެވި ކާމިޔާބީ އަށް މަރުހަބާ ދަންނަވާފައެވެ. އަދި ޑރ. މުއިއްޒު ވެސް ވަނީ މި ބައްދަލުވުމަށް ދައުވަތު ދެއްވި ކަމަށްޓަކައި ޝުކުރު ދަންނަވައިފައެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދެވި ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވާދަކުރެއްވީ އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ހެނދުނު 8 އިން ފެށިގެން ހަވީރު 5 ޖެހުމާއި ހަމައަށް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި މިހާރު އިންތިޚާބުގެ ވަގުތީ ނަތީޖާތައް އިލެކްޝަންސް ކޮމިޝަނުން އަންނަނީ އިޢުލާންކުރައްވަމުންނެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މި އިންތިޚާބު ޑރ. މުޢިއްޒު ކާމިޔާބުކުރައްވާފައިވަނީ %54 އަށްވުރެ ގިނަ ވޯޓާއެކުއެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި ދެން ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަތީ %45 ވޯޓެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން ރާއްޖޭގެ 2 އަތޮޅެއް ފިޔަވާ އެހެން ހުރިހާ ސަރަޙައްދަކުން މެޖޯރިޓީ ނަންގަވާފައިވަނީ ޕީ.އެން.ސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ. އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މެޖޯރިޓީ ލިބިވަޑައިގަތީ އއ. އަތޮޅާއި އައްޑޫ ސިޓީން އެކަންޏެވެ. އެމަނިކުފާނުގެ އުފަން އަތޮޅު ޅ. އަތޮޅުގެ މެޖޭރިޓީވެސް ނެންގެވީ ޑރ. މުޢިއްޒެވެ. ގްރޭޓަރ މާލޭ ސަރަޙައްދުން މާލެ، ވިލިމާލެ އަދި ހުޅުމާލެއިންވެސް މެޖޯރިޓީ ނަންގަވާފައިވަނީ ޕީ.އެން.ސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްލަ 282،804 މީހަކަށް ވޯޓުލުމުގެ ހައްޤު ވަނީ ލިބިފައެވެ. މީގެ ތެރޭގައި 18 އަހަރު ފުރި ވޯޓުލުމުގެ ފުރުޞަތު އަލަށް ލިބޭ 409 މީހަކު ހިމެނެއެވެ. މި ބުރުގައި ވޯޓުލުމަށްޓަކާ ޖުމްލަ 586 ފޮށްޓެއް ބަހައްޓާފައިވެއެވެ.
މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި %79.85 އިންސައްތައެއްހާ މީހުން ވޯޓްލީނަމަވެސް، ހޮނިހިރު ކުރިއަށްދިޔަ ދެވަނަ ބުރުގައި 85 އިންސައްތައެއްހާ މީހުން ވޯޓްލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ކޮއްމެނިޒާމެއް އޮތަސް ބާގީވަހީދުކަވެރިނުކުރާރި މުއިޒުއައްވެސް ދެވެންއޮތް
ނަސޭހަތަކީ ބާވަހީދުކަވެރިނުކުރާށޭ ޙިޔާލަކީ ބަޤާވާތުގައުޅުނު އެއްމެންގެ ޝަރިއްޔައް ކޮއްކުއްވެރިންނައް ހައްޤުއަދަބު ހޯދަދިނުން ޤައުމެގެފައިސާ
އަދިބުނަން ތިހިއަދުރޭ ޙިޔާނާތުގެލައިސަންސު ހޯދާގެންހުއްނެވިފުޅެއް
ޓިނުގަކުންފެށިގޮތައްގޮސް………ޤައުމުއެއްކޮށްމުށުތެރޭގަވީ އަދިމިވީމާމޮޅުގޮތެއް ރައީސްޔާމީނު ގޭގަބަންދުގަ މީނާގެމުޅިއޮޑިމަހާވެފައި
ރައީސްމުއިޒު އަދުރޭއަށް ކެމެރާއަމާޒުކޮއްފައި ބަހައްޓާވާތި