Wednesday, 19 June 2024

ވިއްސާރަވެ ކަނޑުތައް ގަަދަވާނެތީ، ދަތުރުކުުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަވެ ކަނޑުތައް ގަަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުކުުރުމުގައި ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން އިލްތިމާސްކުރައްވައިފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފައެވެ. ވައިޓް އެލާޓް ނެރެނީ ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭތީ އެވެ. މިއަދު އެލާޓް ނެރެފައިވާ ހިސާބުތަކަށް ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ. ރާޅުގެ އުސްމިން ތިން ފޫޓާއި ހަ ފޫޓަށް އުފުލޭނެ ކަމަށް ވެސް މެޓު އޮފީހުން ވިދާޅުވެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، މެދުތެރޭގެ އަތޮޅުތަކާއި އުތުރަށް ކަނޑު ގަދަވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި އެ ސަރަހައްދުގެ އަތޮޅުތަކަށް ގުގުރުމާ އެކު ވާރޭ ވެހޭނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެއެވެ.

މެދުތެރޭގެ އަތޮޅުތަކާއި އުތުރަށް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އުތުރުގެ ރަށްތަކަށް ހުޅަނގު ދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގައި ވައި ގަދަވާނެކަމަށް ވެސް މެޓުން ލަފާކުރެއެވެ.

މޫސުން ގޯސްވާނެތީ ފުލުހުން ވެސް ވަނީ ދަތުރުކުރުމުގައި ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކުރައްވާފައެވެ. ކަނޑު ދަތުރުފަތުރު ކުރާއިރު، އުޅަނދެއްގެ ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ވެފައިވޭތޯ ޔަގީންކޮށް، އުޅަނދަށް އެކަށީގެންވާ ވަރަށް ވުރެ އިތުރަށް މީހުން ނޭރުވުމަށާއި، އެ އުޅަނދަކަށް ކަނޑައެޅިފައިވާ މިންވަރަށް ވުރެ އިތުރަށް މުދާ ބަރު ނުކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު