7 ފެބުރުވަރީ 2025

ޗައިނާ ސަފީރު، އިންތިޚާބީ ރައީސްގެ އަރިހަށް، އެއްބާރުލުންދޭން އޮތީ ތައްޔާރަށް

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާން ލިޖިން، އިންތިހާާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް، އިހްތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ.

އިންތިޚާބީ ނާއިބު ރައީސް ހުސައިން މުޙައްމަދު ލަޠީފްވެސް ބައިވެރިވެވަޑައިގެންނެވި، މި ބައްދަލުކުރެއްވުން އޮތީ ޑރ. މުޢިއްޒުގެ ގެކޮޅު މ. ދިމްޔާތުގައެވެ.

މިއަދު މެންދުރުފަހު ޗައިނާ ސަފީރާއެކު ބޭއްވި އެ ބައްދަލުވުމުގައި ޑރ. މުއިއްޒު ވަނީ ރިޔާސީ ދައުރުގައި، ޗައިނާއާ އެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ޗައިނާ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރެެއްވިިރު، ފެށިގެންދާ އާ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުރިހަމަކުރެއްވުމުގައި، ޗައިނާ ސަރުކާރުގެ އެހީތެރިކަމާއި ބައިވެރިވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން، ޗައިނާ ސަފީރު ވަނީ ރާއްޖެ-ޗައިނާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވާފައެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު، ބްރިޓިޝް ހައި ކޮމިޝަނަރު ކެރޮން ރޮސްލާއާވެސް ވަނީ ބައްދަލުކުރައްވާފައެވެ. މިއީ އެމަނިކުފާނު އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ބޭރުގެ ސަފީރަކާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު