Tuesday, 18 June 2024

އިންޑިޔާ ސަފީރާއި މުއިއްޒުގެ ބައްދަލުކުރެއްވުން، ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މިސްރާބަށް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒުއާ އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރު ބައްދަލުކުރައްވައިފިއެވެ.

އިންތިޚާބީ ނާއިބު ރައީސް ހުސައިން މުޙައްމަދު ލަޠީފްވެސް ބައިވެރިވެވަޑައިގެންނެވި، މި ބައްދަލުކުރެއްވުން އޮތީ ޑރ. މުޢިއްޒުގެ ގެކޮޅު މ. ދިމްޔާތުގައެވެ.

ރިޔާސީ އިންތިހާބު ޑރ. މުއިއްޒު ކާމިޔާބު ކުރެއްވުމާ ގުޅިގެން މަރުހަބާ ވިދާޅުވެ، އެމަނިކުފާނު ޓެގް ކުރައްވާ މި ސަރުކާރާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ އިންޑިއާގެ ބޮޑުވަޒީރު މޯދީ ކުރެއްވި އެކްސްއެއްގައި ވިދާޅުވީ، އިންޑިއާ އާއި ރައްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދެ ގައުމުގެ ގުޅުން އިތުުރަށް ބަދަހި ކުރެއްވުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަަމަށެވެ.

އިންޑިޔާގެ ނުފޫޒު ރާއްޖެއަށް ވަރަށް ބޮޑަށް އޮތް ކަމަށް ބުނެ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ފެށުނީއްސުރެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހަމައެެހެންމެ އިންޑިޔާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބުމާ ދެކޮޅަށްވެސް އެތަކެއް މުޒާހަރާތަކެއް ވަނީ ކޮށްފައެވެ. އިންތިޚާބީ ރައީސްގެ ކެމްޕެއިންގައި ވިދާޅުވަމުން ގެންދެވީ، އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާނެ ކަމަށެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު، ބްރިޓިޝް ހައި ކޮމިޝަނަރު ކެރޮން ރޮސްލާއާވެސް ވަނީ ބައްދަލުކުރައްވާފައެވެ. މިއީ އެމަނިކުފާނު އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ބޭރުގެ ސަފީރަކާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

އަދި ޗައިނާގެ ސަފީރާވެސް މިއަދުގެ މެންދުރުފަހު ވަނީ ބައްދަލުކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު