Saturday, 25 May 2024

ރައްޔިތުންގެ މަޞްލަޙަތު އިސްކޮށް ޒީރޯ-ސަމް ގޭމްގެ ސިޔާސީ ކުޅިވަރު ހުއްޓަންޖެހޭ: ޑރ. ސަވާދު

ސިޔާސީ ޙަރަކާތަކީ ޖާނުން ފިދާވެ ޖިހާދުކޮށް މަރަށް ކުޅޭ ކުޅިވަރަކަށް ހެދީމަ، ދައުލަތަކީ މޮޅުވާ މީހާގެ ޣަނީމާ މުދަލަށް ވެގެންދާ ކަމަށާއި، މި ހާޖާނުގައި ފިތި ފަނާވަނީ ޢާންމު ރައްޔިތު މީހާ ކަމަށާއި، ރައްޔިތުންގެ މަޞްލަޙަތު އިސްކޮށް މި ޒީރޯ-ސަމް ގޭމް ގެ ސިޔާސީ ކުޅިވަރު ހުއްޓަންޖެހޭ ކަމަށް ކުރީގެ އެޓާރނީ ޖެނަރަލް އަދި ޓޫރިޒަމް މިނިސްޓަރ ޑރ. އަޙްމަދު ޢަލީ ސަވާދު ވިދާޅުވެއްޖެއެވެ.

މިއަދު އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިޔާސީ ޙަރަކާތަކީ ޖާނުން ފިދާވެ ޖިހާދުކޮށް މަރަށް ކުޅޭ ކުޅިވަރަކަށް ހެދީމަ، ދައުލަތަކީ މޮޅުވާ މީހާގެ ޣަނީމާ މުދަލަށް ވެގެންދާ ކަމަށެވެ. އަދި މި ހާޖާނުގައި ފިތި ފަނާވަނީ ޢާންމު ރައްޔިތު މީހާ ކަމަށާއި، ރައްޔިތުންގެ މަޞްލަޙަތު އިސްކޮށް މި ޒީރޯ-ސަމް ގޭމް ގެ ސިޔާސީ ކުޅިވަރު ހުއްޓަންޖެހޭ ކަމަށެވެ.

މަޝްހޫރު ދިވެހި ބޭސްވެރިޔާ ޢަލީ ޙުސައިން ( ހ.ސީސައިޑް) ގެ ދަރިކަލުން، ޑރ. ސަވާދު އިތުރަށް ވިދާޅުވީ ރައީސަކު އިންތިޚާބުކުރަނީ ދައުލަތް ހިންގާދިނުމުގެ ޚިދްމަތަށް ކަަމަށާއި، މަޖްލިސް އިންތިޚާބު ކުރަނީ ރައީސްގެ ސަރުކާރު ޒިންމާދާރުކޮށް ހިންގުން ކަށަވަރުކުރުމަށް މަޖްލިހަކީ ވެރިކަން ވައްޓާ ހޯދަން އޮންނަ ތަނެއް ނޫން ކަމަށެވެ.

"ރައީސަކު އިންތިޚާބުކުރަނީ ދައުލަތް ހިންގާދިނުމުގެ ޚިދްމަތަށް. މަޖްލިސް އިންތިޚާބު ކުރަނީ ރައީސްގެ ސަރުކާރު ޒިންމާދާރުކޮށް ހިންގުން ކަށަވަރުކުރުމަށް މަޖްލިހަކީ ވެރިކަން ވައްޓާ ހޯދަން އޮންނަ ތަނެއް ނޫން. ދައުލަތަށްވުރެ ޕާޓީ އާއި ލީޑަރުންގެ ވިސްނުން ދޮށިވީމަ އެއޮތީ އިސްފަސް އޮޅިފަ."

ޤާނޫނީ ދާއިރާއިން ނިއުޒިލޭންޑްގައި ޑޮކްޓަރ އޮފް ފިލޯސަފީ ފުރިހަމަ ކުރައްވާފައިވާ ޑރ. ސަވާދު ވިދާޅުވިއެވެ.

ޑރ. އަޙްމަދު ޢަލީ ސަވާދަކީ ރައީސް ނަޝީދުގެ ވެރިކަމުގައި، އެޓާރނީ ޖެނަރަލް ކަމާއި ޓޫރިޒަމް މިނިސްޓަރ ކަން އަދާކުރައްވާފައިވާ ޢިލްމީ ޤާބިލު ތަޖުރިބާކާރެކެވެ.

ސަވާދު މިހެން ވިދާޅުވެފައިވާއިރު،  މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު މަސައްކަތްކުރެއްވިއެވެ. އެހެންނަމަވެސް، މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީގެ މެމްބަރުން އެކަމާ ދެކޮޅަށް ވާހަކަ ދައްކަވައި، އެމްޑީޕީގެ ގައުމީ މަޖިލީހުން ވެސް ރޭގައި ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދުނުކުރަން ފާސްކޮށްފައެވެ.

ރޭ އެމްޑީޕީގެ ޤައުމީ މަޖިލީހުން ފާސްކުރެއްވި ޤަރާރުގައި ވަނީ، ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ މެދު އާންމު ވޯޓެއް ނަގާނަމަ، އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާނެ ކަމަށެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ގިނަ މެންބަރުންގެ ރޫޙް ހުރީ ބަރުލަމާނީއާ ދެކޮޅަށެވެ. އަދި ރައީސް ނަޝީދު އެޕާޓީއާ މެދު ކަންތައްކުރެއްވި ގޮތުން، އެ ޕާޓީއާއި ރައީސް ޞާލިޙަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވި ކަމަށާއި އިންތިޚާބު ކާމިޔާބުކުރުމަށް ރައީސް ޞާލިޙަށް އެންމެ ބޮޑު ޗެލެންޖެއް ކުރިމަތިވެ، އިންތިޚާބު ނާކާމިޔާބުވީ ރައީިސް ނަޝީދާއި އެމަނިކުފާނު މިހާރު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ އިސްމެންބަރުންގެ ފަރާތުން ކަން ގިނަ މެންބަރުން ފާހަގަކުރެއްވިއެވެ.

ގިނަ މެންބަރުން ގޮވާލައްވަމުން ގެންދެވީ، "ބަރުލަމާނީ" ނޫން ގޮތެއް، "ރައީސް ނަޝީދު ނޫން ގޮތެއް މިފަދައިންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *