ޔޫއޭއީގެ ސަފީރު، އިންތިޚާބީ ރައީސަށް ދެއްވީ ރާއްޖޭގެ ތަރައްޤީއަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީކަން

އިންތީޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އަރިހަށް، އެކުވެރި އަރަބި އިމާރާތުން (ޔޫއޭއީ)ން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އިޙްތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، އިންތިޚާބީ ނައިބު ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ރިޔާސީ ދައުރުގައި، ޔޫއޭއީ އާއެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވިއެވެ. މި ގުޅުމުގެ ތެރެއިން، އަރަބި އިސްލާމީ ގައުމުތަކާ އޮންނަ ގާތްކަން މިހާރަށްވުރެ ބަދަހިވެގެންދިޔުމަށް ވަރަށް ބޮޑަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ހަމައެހެންމެ، ޔޫއޭއީގެ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމަށާއި ދިވެހި ދަތުރުވެރިންނަށާއި ވިޔަފާރިވެރިންނަށް ފަހިކޮށްދެއްވަމުންގެންދަވާ ފަސޭހަތަކަށްޓަކައި ޝުކުރުއަދާކުރައްވަވައި، ފެށިގެންދާ އާ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަކުރެއްވުމުގައި، ޔޫއޭއީ ސަރުކާރުގެ އެހީތެރިކަމާއި ޔޫއޭއީގެ ވިޔަފާރިވެރިންނާއި ވުނޭރުންގެ ބައިވެރިވުމަށް ޑރ. މުއިއްްޒު އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން، ޔޫއޭއީން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވަނީ ރާއްޖެ-ޔޫއޭއީގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެެވެ.

މިއީ ޑރ. މުއިއްޒު މިއަދު ބައްދަލު ކުރެއްވި ހަތަރު ވަނަަ ޑިޕްލޮމެޓް ކަމަށްވާއިރު، އެމަނިކުފާނު އެންމެ ފުރަތަމަ ބައްދަލު ކުރެއްވި ޑިޕްލޮމޭޓަކީ އިނގިރޭސިވިލާތުގެ ސަފީރާއެވެ. އަދި އެއަށް ފަހު ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާން ލިޖިންއާއި ވެސް ވަނީ ބައްދަލުކުރައްވާފައެވެ. އޭގެ ފަހުން އިންޑިއާގެ ސަފީރާއިވެސް ވަނީ ބައްދަލު ކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ