Saturday, 15 June 2024

އިންތިޤާލީ ސްޕޯކްސްޕަރސަންގެ މަޤާމަށް ފިރުޒުލް

އިންތިޤާލީ ސްޕޯކްސްޕަރސަންގެ މަޤާމަށް މުޙައްމަދު ފިރުޒުލް ހަމަޖައްސައިފިއެވެ.

އިންތިޤާލީ ސްޕޯކްސްޕަރސަންގެ މަޤާމަށް މުޙައްމަދު ފިރުޒުލް ހަމަޖައްސާފައިވާއިރު،، މިރޭ އޮތް ޕީއެންސީ ސެނެޓް ބައްދަލުވުމެއްގައި ސެނެޓްގެ އަޣްލަބިއްޔަތުން ޕީއެންސީގެ ރައީސް ކަމުގެ މަޤާމަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު އިންތިޚާބުރައްވައި، ޕީއެންސީގެ ނައިބް ރައީސްއަކަށް އިންތިޚާބީ ނައިބް ރައީސް ޙުސައިން މުޙައްމަދު ލަތީފް ވަނީ އިންތިޚާބު ކުރައްވާފައެވެ.

ޕީއެންސީގެ ރައީސްއަކަށް އިންތިޚާބީ ރައީސް ޑރ. މުއިއްޒު އަދި ނައިބް ރައީސްއަކަށް އިންތިހާބީ ނައިބް ރައީސް ސެމްބެ ހަމަޖެއްސެވީ މެންބަރުންގެ މަޖިލީސްގައި ތިބޭ 50 މެންބަރުންގެ ތެރެއިން އެ ބައްދަލުވުމުގައި ބައިވެރިވި 40 މެންބަރުންގެ އިއްތިފާޤުންނެވެ.

މިގޮތަށް ހަމަޖައްސަވާފައިވާއިރު، ޑރ. މުޙައްމަދު މުޢިއްޒުއާއި ޙުސައިން ޢަބްދުލް ލަޠީފް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ކެންޑިޑެސީ ފޯމް އީސީއަށް ހުށަހަޅުއްވާފައިވަނީ، ޕީއެންސީގެ ކެންޑިޑޭޓުންގެ ގޮތުގައެވެ.

ޕީއެންސީގެ ރައީސްގެ ގޮތުގައި ކުރިން ހުންނެވީ އިދިކޮޅު ކޯލިޝަންގެ އެކްޓިންގ ލީޑަރު އަބްދުއް ރަހީމް (އަދުރޭ) އެވެ. މިރޭ ބޭއްވި ބައްދަލުވުމުގައިވަނީ އަދުރޭ ވަނީ ޕީއެންސީގެ ޗެއާޕާސަންގެ މަޤާމަށް ހަމަޖައްސަވާފައެވެ.

އަދި މިރޭ ވަނީ އަސާސީ ޤަވާޢިދަށް ބަދަލު ގެންނަވައި، "ޕީއެންސީ ސެނެޓް" ގެ ނަން،  "މެންބަރުންގެ މަޖިލީސް" ގެ ނަމަށް ބަދަލު ގެންނަވާފައެވެ.

މިބަދަލުތައް ގެންނަވާފައިވާއިރު، ދެވަނަ ބުރުގެ ރަސްމީ ނަތީޖާ އަށް ބަލާއިރު، އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ 129،159 ވޯޓު ހޯއްދަވައިފައެވެ. މުއިއްޒާ ވާދަކުރެއްވި އެމްޑީީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙިމް މުހައްމަދު ޞާލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ. ރައީސް ޞާލިހާއި މުއިއްޒާ ދެމެދުގައި 19،291 އަށް ވުރެ ގިނަ ވޯޓުގެ ތަފާތެއް އޮތް ކަމަށް ނަތީޖާ އިން ދައްކައެވެ.
އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާ ވާދަކުރައްވައި، މުއިއްޒު ކާމިޔާބު ހޯއްދެވިއިރު، ވެރިކަން ބަދަލުވުމުގެ މަރުހަލާ ވަނީ ފަށައިފައެވެ. އަދި އެކަމަށް ހާއްސަ ކޮމިޓީއެއް މިހާރު ވަނީ އެކުލަވާލައިފައެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު