Thursday, 18 April 2024
ހުޅުމާލެ ސައުތު ވެސްޓް ހާބަރ ތަރައްޤީކުރުމުގެ މަޝްރޫޢު

ހުޅުމާލެ ސައުތު ވެސްޓް ހާބަރ ތަރައްޤީކުރުމުގެ މަޝްރޫޢު ބަޔަކާ ހަވާލުކޮށްފި

އާބަންކޯއިން ހުޅުމާލެ ސައުތު ވެސްޓް ހާބަރ ތަރައްޤީކުރުމުގެ މަޝްރޫއު ހިންގަން ބަޔަކާ ހަވާލުކޮށްފިއެވެ.

މިމަސައްކަތް ހަވާލުކޮށްފައިވަނީ ޖީޕީއެލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއެވެ.

މިމަޝްރޫއުގެ ދަށުން ޑިންގީ ހާބަރަކާއި ފްލޯޓިންގ ޑޮކްގެ އިތުރުން އުޅަނދު ފަހަރަށް ކަރަންޓާއި ފެން ފޯރުކޮށްދިނުމުގެ ޚިދުމަތް ޤާއިމް ކުރެވޭނެ ކަމަށް އާބަންކޯއިން ވިދާޅުވިއެވެ.

ޑިންގީ ހާބަރުގައި ވެހިކަލް ޕާކު ކުރެވޭނެ ޖާގައިގެ އިތުރުން، ވިޔަފާރިތަކަށް ޚާއްސަ އިމާރާތެއް ހުންނާނެ ކަމަށް މަޢުލޫމާތު ދެއްވައެވެ.

މިވަގުތު މާލެ ސަރަހައްދުގައި ގާއިމްކުރެވިފައިވަނީ އެއް ޖެޓީ ހާބަރު ކަމަށްވެފައި، އެކަށޭނަ ބޮޑުމިނެއްގެ ތަނަކަނުވާތީވެ، ހުޅުމާލެ ސައުތު ވެސްޓް ހާބަރުގައި ޤާއިމްކުރާ ޑިންގީ ހާބަރުގެ ސަބަބުން ޑިންގީ ގެންގުޅުއްވާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އާބަންކޯން ވިދާޅުވެއެވެ.

Image

https://x.com/hdcmaldives/status/1709539509946458198?s=20

ހަމައެހެންމެ، ހުޅުމާލެގައި މިވަގުތު ކަމް ކާގޯ ވެސެލްއަށް ހާއްސަކޮށްގެން ހާބަރ އެއް ނެތުމުން، ދިމާވާ ދަތިތަކަށްވެސް މިތަން ތަރައްޤީވުމުން ހައްލު ލިބިގެންދާނެކަމަށްވެސް އާބަންކޯ ވިދާޅުވެއެވެ.

ހުޅުމާލޭގައި ސައުތް ވެސްޓް ހާބަރ ތަރައްގީކުރަނީ ވެހިކަލް ޕާކިން ޒޯނަކާވެސް އެކުގައިކަމުން، މާލެ ސަރަހައްދުގައި އުޅަނދު ޕާކް ކުރުމަށް ދިމާވެފައިވާ ގޮންޖެހުމަށް ކޮންމެވެސް ވަރެއްގެ ލުއެއް ލިބިގެންދާނެ ކަމަށާއި، މިއާއެކު ކާރު، ސައިކަލްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ޕާކިން ސްޕޭސް ގާއިމްކުރެވޭނެ ކަމަށާއި، އަދި ކޮމާޝަލް ޑިވެލޮޕްމެންޓަށް ތަފާތު ސްޕޭސްތައް ތަރައްގީ ކުރެވޭނެކަމަށްވެސް އާބަންކޯން ވިދާޅުވެއެވެ.

 

ހުޅުމާލެގައި ޤާއިމުކުރާ ސައުތް ވެސްޓް ހާބަރ ތަރައްޤީކުރަނީ ފްލޯޓިންގ ޑޮކްގެ އިތުރުން އުޅަނދުފަހަރަށް ކަރަންޓާއި ފެން ފޯރުކޮށްދެވޭނެ ޚިދުމަތްތަކާވެސްއެކުއެވެ.

އާބަންކޯއިން ހާމަކުރައްވާފައިވާ ގޮތުގައި، މިއީ މެރީނާގެ މުވައްޒަފުންނާއި ތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ގިނަ ތަޖުރިބާތަކެއް އެއްތަނަކުން ކޮށްލެވޭނެހެން ފަރުމާކުރެވިފައިވާ މަޝްރޫޢެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *